އެބޯޝަން ހެއްދިކަމަށް ބުނި ވާހަކަތަކަށް ރާކީ ރައްދު ދީފި

ބައިގެން ދިޔަކަމަށާއި އެބޯޝަން ހެއްދިކަމަށް ބުނެ ފަތުރަމުން ދިޔަ ވާހަކަތަކަށް ބޮލީވުޑްގެ އައިޓަމް ގާލް ރާކީ ސާވަންތު ރައްދު ދީފިއެވެ.
މީޑިއާ އަށް ސިއްރުން ކައިވެންޏެއްކޮށް ނަން ވެސް ބަދަލުކޮށްފައިވާކަމަށް މިދިޔަ ހަފްތާގައި ޚަބަރުތައް ފެތުރު ރާކީ މާބަނޑުވެ ބައިގެން ގޮސްފައިވާ ކަމަށް ބުނެ ފެތުރު ހަބަރުތައް އެއީ ދޮގެއްކަމަށާއި އެކަހަލަ ޚަބަރުތައް ނުފެތުރުމަށް އެދޭކަމަށް ރާކީ އާއި އޭނާގެ ފިރިމިހާ އާދިލް ނެރުނު ޖޮއިންޓް ސްޓޭޓްމަންޓް އެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރާކީ އެބޯޝަން ހެއްދިކަމަށް ބުނެ ޕަޕަރާޒީއަކު ކުރި ސުވާލަކަށް އޭނާވަނީ ވަރަށް ހިތްހަމަނުޖެހިފައި ހުރެ ޖަވާބު ދީފައެވެ.
"އެބޯޝަންއޭ.. ތިއީ މުޅިން ގޯސް ވާހަކައެއް. ބަނޑުބޮޑެއްވެސް ނުވޭ. އެބޯޝަންއެއްވެސް ނުހަދަން" ހިތްހަމަނުޖެހިފައި ހުރެ ރާކީ ބުންޏެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއްކަމުގައިވާ ބޮލީވުޑް ލައިފްގައި ރިޕޯޓްކޮށްފައިވާގޮތުން ރާކީގެ ދުވަސްވީ ލޯބިވެރިޔާ އާދިލް ދުރާނީ އާއި އޭނާ ކައިވެނިކޮށްފައިވަނީ މިދިޔަ ޖުލައިމަހުއެވެ.
ރާކީ ވަނީ ކައިވެނި ރެޖިސްޓްރާ އޮފީހު ކުރިމަތީގައި އޭނާގެ ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާއި އޭނާ ކައިވެނިކޮށްފައިވާކަމަށް ބުނެފައެވެ. މިފޮޓޯގައި އޭނާ ހުރީ ކައިވެނީގެ ސެޓުފިކެޓުވެސް ހިފައިގެންނެވެ.