އިތުރު 14 މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 2849 އަށް

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 14 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 14 މީހަކު މިއަދު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 2849 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 66 މީހުން ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާ ދެ މީހުން ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5223 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2354 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.