ދީން

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާމީހާ އަށް ދުނިޔެމަތީގައި އުގޫބާތް ލިބޭނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާމީހާ އަށް އާހިރަތް ދުވަހުގެ ކުރިން، ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެ ކަމަށް ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީމައިންބަފައިންނަށް ކަމޭހިތުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މައިންބަފައިންނަށް ކަމޭހިތުމަކީ ދަރިންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އަދި އާއިލާ ބެލެހެއްޓުމަށް ބުރަ މަސައްކަތް ކުރުމާއި ދަރިންނަކީ ހެޔޮލަފާ ރަނގަޅުބަޔަކަށް ހެދުމަށްޓަކައި ބައްޕައިން ހޭދަކުރާ ވަގުތާއި ފައިސާ އަކީ ވަރަށް އިހްލާސްތެރި މަގްސަދެއްގައި ކުރާ ހޭދައެއް ކަމަށެވެ.

އަދި މައިންބަފައިން އެދެނީ، އެމީހުންނަކީ ލަފާދާރު، ކިޔަމަންތެރި، ޞާލިޙް ބަޔަކަށް ވުމަށް ކަމަށާއި މާތްاللهގެ މަގުގައި ޖިހާދަކުރުމަށް ވުރެވެސް މާތްކަން ބޮޑީ މައިންބަފައިންނަށް ހިދުމަތްކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ބައެއް ދަރިން އެމީހުންގެ މައިންބަފައިން އުމުރުން ދުވަސްވުމުން ދޫކޮށްލާ މަންޒަރު ފެންނަ ކަމަށާއި އެކަމަކީ ހިތާމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!