ރައީސް ޔާމީން “އޯކޭ” ނޫން ކަމަށާއި އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗްގައި މިހާރު ކުރިޔަށްދާ ކެމްޕެއިން ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި އިންތިހާބަކީ ދެވެނަ ދައުރަކަށް އެމްޑީޕީއަށް ދެވޭނެ ފުރަތަމަ ފުރުސަތު ކަމަށެވެ. އަދި ތަފާތު ބޮޑު ކާމިޔާބީއަކާއެކު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
”އެއްވެސް ޝައްކެއް ނެތް. އެއްވެސް ޝައްކެއް ނެތް. މިތަނުން މިއަދު މިއޮތީ އެކަން ނިންމާފަ. ނިމިއްޖެ، ނިމިއްޖެ” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާ، ދެއްކި ބިރާ، އޭގެ ފަހަތުގައި ތިބި މީހުން ރައްޔިތުންނަށް އިނގޭނެ ކަމަށާއި އެމީހުންނަށް އޯކޭއެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންއާއެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“މި ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާ، ދެއްކި ބިރާ، އޭގެ ފަހަތުގައި ތިބި މީހުންނަށް އޯކޭ އެއް ނޫން. އެމީހުންނާ އެކީގަ އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް ކަމެއް ނޯންނާނެ. ރައީސް ޔާމީން އޯކޭ އެއް ނޫން” ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހައްގުވަނީ ހަމަޖެހިގެން އުޅެވޭނެ ގޮތަކާއި ފެންވަރު ރަނގަޅު ތަޢުލީމެއް ކަމަށެވެ. އަދި ފަސް އަހަރު ތެރޭ އެންމެ ގިނަ މަޝްރޫއުއެއް ހިންގި ސަރުކާރަކީ އެމަނިކުފާނުގެ ސަރުކާރު ކަމަށް ވިދާޅުވިއެވެ.
ރ ޔާމީނާ ވާދަ ކުރެވޭނީ ކިހިނެތް ރޔާމީނަކީ އަމިއްލަ ސިކުނޑިން ވިސްނާ މީހެއް ތީ އަމާ ބުނީތީ ފަރައްދާ މީހެއް