Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫ ސިޓީ ގަމުގައި އަސްކަރީ ތަމްރީނެއް ހިންގާތީ، ކަނޑު ދަތުރު ކުރާއިރު ސަމާލުވާން އެދިއްޖެ

އައްޑޫ ސިޓީ ގަމުގައި އަސްކަރީ ތަމްރީނެއް ހިންގާތީ، ކަނޑު ދަތުރު ކުރާއިރު ސަމާލުވާން އެދިއްޖެ

ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް އައްޑޫ ސިޓީގައި ކުރިޔަށް ގެންދަވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މިތަމްރީންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ. އަދި ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިޔަށްދާނީ އައްޑޫ ސިޓީ ގަމުގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވާ ގޮތުގައި، މި ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ދަންވަރު 12:00 ޖެހުމާ ހަމައަށެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑި ޖެހުމަށް ހަމަޖެހިފައިވެއެވެ.

Advertisement
HDC — Sidebar (box)

ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް

2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު

3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު

4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް

5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އެދިލައްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް