އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ އައްޑޫ ސިޓީ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވަނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށެވެ.
މިމަހުގެ 23 އަދި 24 ވަަނަ ދުވަހު ރައީސް ނަޝީދު އައްޑޫގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިންގެ އެންމެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު، ރާޅުގަނޑު ސަރަހައްދުގައެވެ.ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ރަނިންމޭޓަކަށް އިޙްތިޔާރު ކުރައްވާނީ، އައްޑޫ ސިޓީގެ ބޭފުޅެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
Ads by Allied Insurance