ޚަބަރު ސިޔާސީ

ދަރިވަރުން އަތްވަށް ނެރުން ފަދަ ކަންކަން ނުކުރެއްވުމަށް ރައީސްއަށް ދަންނަވަން: ރައީސް ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރަށްރަށަށް ވަޑައިގަންނަވާއިރު، މަދަރުސާތަކުގެ ދަރިވަރުން އަތްވަށް ނުނެރެން ރައީސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި، އެފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ކަމުދާ ކަންކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ

"ދެން އަޅުގަނޑުމެން ޕާޓީއަށް އޭގެ ރިފްލެކްޝަނެއް އެބަ އާދޭ، މިބާވަތުގެ ބޯދާ ކަންތައްތައް ކުރެއްވީމަ. މި ބާވަތުގެ ކަންކަން ކުރެއްވީމަ އަޅުގަނޑަކަށް ގެއްލުމެއް ނުވޭ، އެއީ މީހުން ވަރަށް އެއްޗެހި ކިޔާ ކަމެއް. އެއީ މީހުން ވަރަށް ކުދި ކިޔާ ކަމެއް."

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ޕާޓީއަށް އަމާޒުވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ މާ ބޮޑު ހައިބަތެއް ކަމުގައި ދައްކަވަން މަސައްކަތް ނުކުރެއްވުމަށްވެސް ރައީސް އަށް އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން ޕްރައިމަރީގެ ކެމްޕެއިން ދަތުރުތަކުން ފާހަގަކުރެއްވުނު ކަންކަން ހިއްސާ ކުރައްވައި ރައީސް ނަޝީދު ވަނީ އިޤްތިޞާދީ ދިރުން ރަށްރަށަށް ގެނެވިފައި ނުވާ ކަމަށް ރައްޔިތުން ބުނާ ކަަމަށާއި، ގޭބިސީތަކަށް އާމްދަނީ ހޯދުމުގައި ދަތިވުމަކީ ރައްޔިތުން ފާހަގަ ކުރާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ މަހަށް ހަމަ އަގު ހޯދައިދިނުމުގެ ވަޢުދުވެސް އެއްގޮތަކަށްވެސް ފުއްދައިނުދެވުނު ސަބަބަކީ ސަރުކާރުން ކޯލިޝަނުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބާރު އަޅަމުން ދިޔުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ނޫ އިޤްތިޞާދުގެ ދަށުން، މެނިފެސްޓޯގައި ހިމެނި ކަންކަން ފުއްދައިނުދެވޭކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

 

Ads by HDC
  1. ެައަބްދޫ

    ޥައްކަން ސާބިތުވެ ހުކުމް ތަންފީޒު ކުރެވިފަ ހުރި ވަގަކު ވެރިކަމަށް ނުނެރެން ސާލިހް އަށް ދަންނަވަން