ޚަބަރު ސިޔާސީ

އޯކޭ ނުވެގެން މިއުޅެނީ މިސަރުކާރުގެ ކޮރަޕްޝަން: ރައީސް ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ޖެހޭ މީހުންނަށް ދައުވާ ކުރުން ހުއްޓުވާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަމަށާއި މިސަރުކާރުގެ ކޮރަޕްޝަން "އޯކޭ" ނޫންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެމްޑީޕީ މެމްބަރަކު ދުވަހަކުވެސް ކޮރަޕްޝަން ބަލައިނުގަންނާނެކަމަށެވެ.

"ކޮރަޕްޝަން ދުވަހަކުވެސް އެމްޑީޕީ މެމްބަރަކު ބަލައެއް ނުގަންނާނެ. އަނިޔާއާއި ކޮރަޕްޝަން އެއީ އަބަދުވެސް އަޅުގަނޑުމެން ދެކޮޅު ހަދާކަންކަން އެމްއެމްޕީއާރުސީގެ މައްސަލަައިގައި 270 މީހުންނަށް ދައުވާކުރަން ޖެހޭ އެންމެ މީހަކަށް މި ދައުވާ ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން ހުއްޓުވާފައެއޮތީ. އަދި އަޅުގަނޑަށް އޯކޭ ނުވެގެން މިއުޅެނީ މިސަރުކާރުގެ ކޮރަޕްޝަން" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ ކޮވިޑްގެ ދުވަސްވަރު ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެލިފައި ނުވާކަމަށާއި އެއީވަރަށް ވިޔާނުދާ ކަންކަން ކަމުގައި ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރުގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް އަނބުރާ ހޯދިފައިނުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަންކަމާއި އަޅައި ނުލެއްވާކަމަށް ވިދާޅުވެފައެވެ.

"ބައްލަވާ އަޅުގަނޑު މިހެން ދަންނަވާކައް ނެތިން ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރު ގެންނަން އުޅުނު ވެލްޓިލޭޓަރުތައް އޭއްޗިހި އަޅުގަނޑުމެން ނާޖާއިޒު ގޮތުގައި އެކި ގޮތްގޮތް ހަދައިފިން. މިއީ ވަރަށް ވިޔާނުދާ ކަންކަން މިހުންނަނީ އެކަންކަމާއި އެއްގޮތަކަށްވެސް އަޅާލެވިފައެއްނެތް. އެމްއެމްޕީއާރުސީގެ މައްސަލައިގައިވެސް ލޯ ލާރިއެއްވެސް ހޯދިފަކާނެތް" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދުވަނީ މި މައްސަލަތައް ނުބަލަނީ ކޮންމެވެސް ފަރާތެއްގެ މަސްލަހަތެއް ހިފަހައްޓަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޖެހިވަޑައިގަންނަވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަދި އެމަނިކުފާނަކީ އެއްވެސް ފަރާތެއްގެ މަސްލަހަތު ހިފައްޓާނެ ބޭފުޅެއް ނޫންކަމަށާއި މާދަމާވެސް ހުރިހާ ފަރާތްތަކަށް ހައްގު ދައުވާ ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

  1. ކަލޭ އުޅެނީ ކަލެޔާއި ކަލޭގެ ވަށައިގެން އެބުރޭ މީހުނަށް ދައުލަތުން ލިބޭލެއް މަދުވެގެން ކެވޭލެއް މަދުވެގެން !

  2. އަބްދޫ

    ކަލޯ ތިޔަ ވަގު ނަސީދުގެ ކަރެޕްސަން ކުޑަތަ ؟ސިޔާސީ 700 މަގާމް އުފެއްދީ ގާނޫނުއަސަސިއަ ހިލާފަށް 700 ސިޔާސީ މީހުނަށް ވަޒިފަދީގެން މުސާރަދިނީ ރިސްވަތް ގެ މިންގަނޑުގަ އަމިއްލަޔަށް ނާޖާއިޒް ފައިދާ ހޮދުމާ ނާޖާއިޒް ފައިދާ ހޯދާދިންކަމަށް އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ މިންގަނޑުގަ.26 ބިލިޔަނަށް ދަރަނި އެރި އިރު ތަރައްގީެއަށް ކުރީ ކޮންކަމެއް ބުނެދީބަލަ ފިނޭންސަށް 2.5 ބިލިއަންރުފިޔާ ޖަމާކުރީ ކޮނަހަރަދެއްކުރުވާފަބާ ؟ބިލްތަކަށް ފައިސާ ނުދެއްކީކީއްވެ ؟ ސުވިލް ސާވިސް މުވައްޒަފުންނަށް 800 މިލިއަން ރުފިޔާ އަށް ގައުމު ދަރުވާލީ ކީއްވެ؟ ފައިސާކޮބާ ކުރި ކޮންކަމެއް. ބަންގާޅީންގެ ޑިޕޮޒިޓް 1.2 ބިލިއަން ރުފިޔާ ކާލީތަ؟ ނުވަތަ ފެންފޮދަކާނުލާ ދިރުވާލީތަ؟ރާއްޖޭގެއަތޮޅުތަކާ ރަށްރަށުގާ ހުރި 20 ބިލިއަން ރުފިޔާ އިން ކުރީ ކޮންހަރަދެއް . ހިންގީ ކޮންތަރައްގިއެއް 50.5 ބިލިއަންރުފިޔާ އަށް ސަރުކާރު ދަރަނި ވެރިވި އިރު ތަރައްގީއަށް ކުރީ ކޮންކަމެއް ؟ ރިޒާވް ހުސްވެ ޑޮލަރު އަގު ބޮޑުވެ 18 ރުފިޔާއަށް ވެސް ޑޮލަރު ގަންނަން ނުލިބުނީ ދަވްލަތުގެ އާމްދަނީ ޔޫއެސް ޑޮލަރު ވެއްދީ ކޮންތާކަށް ؟ ހަރު މުދާ ވިއްކާނެގި ފައިސާކޮބާ؟ އެއާޕޮޓް 78 މިލިއަން ޑޮލަރަށް ވިއްކާލި އިރު އެއަޕޯޓްގެ އަގު ނުލާ މެއިންޓެނަންސް ކުރުމަށް ސްޓޮކް ގާބެހެއްޓީފާހުރި މުދަލުގެ އަގު އެކަނި ވެސް 78 މިލިއަން ޑޮލަރަށް ވުރެ މަތި ނެގި މުދަލުގެ ލިސްޓް ކޮބާ؟އެއާޕޯޓް 78 މިލިއަނޑޮލަރަށް ވިއްކަލާ އެތަނުން އެމްއެމްއޭ އަށް 48 މިލިއަން ޑޮލަރު ޖަމާވި އިރު އަނެއް 30 މިލިއަން ޑޮލަރު ޖަމާވީ ކޮންތާކަށް .ފިނޭންސަށް 105 މިލިއަންޑޮލަރު ލިބުނު ކަމަށް ލިޔެކިެުންތަކުންތަކުން ހަދާފަ ހުރިއިރު ރެފައިސާ ޖަމާވީ ކޮންތާކަށް ؟