ޚަބަރު ސިޔާސީ

ކާށިދޫ ފަޅުގައި ރިސޯޓެއް އެޅުމަށް ބިން ހިއްކަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރައިމްރީ ކެމްޕޭނުގައި މިއަދު ކާށިދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ ކާށިދޫގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށާއި ހުއްޓުމެއް ނެތި މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

މީގެ އިތުރުން ކާށިދޫ އަކީ އެންމެ ބިން ބޮޑު އެއް ރަށް ކަމަށާއި ދަނޑުވެރިކަން ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ދަނީ ކާށިދޫގައި ކަމަށެވެ. އެހެންކަމުން ވިސްނުމަކީ ކާށިދޫގައި މިހާރު އޮތް ބިން ދަނޑުވެރިކަމަށް ހާއްސަކުރުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި ކާށިދޫގެ ފަޅުތެރެ ހިއްކުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ރިސޯޓެއް ހެދުމަށް ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ވެރިކަމުގެ ދަހިވެތިކަމުގާ ކޮށްދީފަ ނުކޮށްދޭނީ ކޮށްކަމެއް ކަންނޭގި މޮޔަވެފަ