Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަފާރީއެއް ފަރަށް އަރައިފި

ސަފާރީއެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ ރެޑް މޫން ނަމަކަށް ކިޔާ ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން އަންނަނީ ޑައިވްކޮށް ސަފާރީއަށް ލިބިފައި ހުރި ގެއްލުންތައް ބަލަމުން ކަމަށާއި، ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލާގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.

Advertisement
Allied — Dhen Online (box)

ފަރަށް އެރިއިރު ސަފާރީ ދިޔައީ ފަސް މީހުންނާ އެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުންކަން އެނގިފައިވެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 7:40 ހާއިރުއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް