ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެ
- ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި އަންހެނަކު މިއަދުގެ ހެނދުނު 9:20 ގައި ނިޔާވެފައިވާ ކަމަށެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 21 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާއިރު އިއްޔެއާ ހަމައަށް ރާއްޖެއިން މުޅި ޖުމްލަ 5،223 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ.