ޚަބަރު ސިޔާސީ

ވޯޓު ގަންނަން 10،000 ރުފިޔާ ހުށަހަޅައިފިނަމަ، 20،000 ރުފިޔާއަށް އެދޭތި: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން---

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެމަނިކުފާނުގެ ވާދަވެރިން ފައިސާ ހުށަހަޅައިފިނަމަ، ފައިސާގައި ހިފުމަށް ރައީސް މުޙައްމަދު ނަޝީދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

Ads by STELCO

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީ، މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ވޯޓު ގަތުމަށް އެ ަނިކުފާނުގެ ވާދަވެރިން ޕާޓީގެ މެމްބަރުންނަށް ފައިސާ ދޭނެ ކަމަށާއި، އެ ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ވޯޓު ގަތުމަށް 10،000 ރުފިޔާ ހުށަހަޅާ ނަމަ، އެ އަދަދު 20،000 ރުފިޔާއަށް އިތުރުކޮށް އެ ނެގުމަށް ފަހު، އެ ފައިސާގެ ދެބައިކުޅަ އެއްބައި ރިޔާސީ އިންތިޚާބަށް ބެހެއްޓުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

"ތި ބޭފުޅުން އެ ފައިސާ ނަންގަވައި، ހުރިހާ ބޭފުޅުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން އަދި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި. ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު،  "އަށްޑުވަސް"އާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވާދަވެރިޔާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، ރައްޔިތުންގެ އަރިހަށް ވަޑައިގެން ވޯޓު ހޯއްދަވަން އެނގިވަޑައިނުގަންނަވާނެ ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅު ކުރައްވާ އުކުޅަކީ ފައިސާ ބެއްސެވުން ކަމަށެވެ.

 

Ads by Allied Insurance
  1. އަހުމަދު

    ކޮބާ ކަމާ ބެހޭ ފަރާތައް މީނާ ހައްޔަރު ކުރަން އަމަން ބަލަހައްޓާ މީހުންވެސް ޖުރުމާނާ ކުރުން ނޫންކަމެއް ނޯވޭ

  2. ްގަޅިންގެ ރައީސް

    ވަޒީފާއެއް ދީގެން ކަމަކު ނުދޭ!
    ލާރިއެއް ދީގެން ކަމަކު ނުދޭ!
    ވޯޓް ނަޝީދަށް ހޮވުނަސް ނުހޮވުނަސް ރައްޔިތުން ބަލަހައްޓާނީ ކެނެރަިގެއިން