ޚަބަރު ސިޔާސީ

އައްޑޫ ސިޓީން މިރޭ ބޮޑު މަންޒަރު ފެނިގެންދާނެ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައްޑޫ ސިޓީން މިރޭ ބޮޑު މަންޒަރު ފެނިގެންދާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގެ ފަހު ޖަލްސާ، މިރޭ އައްޑޫ ސިޓީ ހިތަދޫގައި އޮންނާނެއެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަށް އައްޑޫން އޮތް ތާއީދު ދައްކައިލުމަށްޓަކައި އެ މަނިކުފާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ޞާލިޙުގެެ ކެމްޕޭން ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ.

ރައީސް ޞާލިޙާ ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ އޮންނާނީ މާލޭ އާޓިފިޝަލް ބީޗްގައެވެ. ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ނަޝީދުވެސް އައްޑުއަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެ ސިޓީން އެ މަނިކުފާނަށް ލިބިވަޑައިގަތީ ފިނި ތަރުހީބެއް ކަމަށް ރައީސް ޞާލިޙުގެ ސަޕޯޓަރުން ސިފަ ކުރެއެެވެ.

 

Ads by HDC
  1. މަހޯލި

    ބޮޑު މަންޒަރޭތޭ