ޚަބަރު ސިޔާސީ

އިންތިހާބަށް 1 ދުވަހަށްވީމަ އެތައްބައިވަރު ވަޒީފާތަކެއް ބައްސަވައިފި، ތިއީ އޮޅުވާލުމެއް: ހަސަން ލަތީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްޑީޕީ ޗެއަރ ޕާސަން ހަސަން ލަތީފް .. ފޮޓޯ/ އެމްޑީޕީ

އިންތިހާބަށް އެންމެ ދުވަހަކަށް ވެފައި އޮއްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ރަށްރަށުގެ ފެނަކަ އޮފީސްތަކުން އެތައް ވަޒީފާތަކެއް ބައްސަވައިފި ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދުގެ ކެމްޕޭން އޭޖެންޓް ހަސަން ލަތީފް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ޓެގު ކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާ ބައްސަވަމުން އެވަޒީފާތައް ދާއިމީ ކޮށްދެއްވާނެކަމަށް ވިދާޅުވެ މެމްބަރުންނަށް އޮޅުވާލަމުން އަންނަ ކަމަށެވެ.

"ވަރަށް ބޮޑު އޮޅުވާލުމެއް ތިޔަ އޮޅުވާލައްވަނީ. އިންތިޚާބަށް 1 ދުވަހަށްވީމާ ފެނަކައިން އެތައް ބައިވަރު ވަޒީފާތަކެއް އެތައް ރަށެއްގައި ތިޔަ ބައްސަވަމުން ގެންދަވަނީ. ތިޔަ ވިދާޅުވަމުން ގެންދަވަނީ އެވަޒީފާތައް ދާއިމީ ކޮށްދެއްވާނެ ކަމަށް. މެމްބަރުންނަށް ތިޔަހެން އޮޅުވާނުލައްވާ" ހަސަން ލަތީފް ވިދާޅުވިއެވެ.

މާދަމާ ބާއްވާ އިންތިހާބާއި ބެހޭގޮތުން ރައީސް ނަޝީދުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައިވެސް  ހަސަން ލަތީފް ވިދާޅުވީ އިންތިހާބު އޮޅުވާލައްވައި މަކަރު ހަދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށެވެ. ބަލިވަމުން ދާއިރު ކުރަމުންދާނެ ކަންކަން އެބޭފުޅުން ގެންދަނީ ކުރަމުން ކަމަށާއި އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވާން އެދޭކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މާދަމާ ބާއްވާ އިންތިހާބާއި ބެހޭގޮތުން ރައީސް ނަޝީދުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަސަން ލަތީފް ވިދާޅުވީ އިންތިހާބު އޮޅުވާލައްވައި މަކަރު ހަދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށެވެ. ބަލިވަމުން ދާއިރު ކުރަމުންދާނެ ކަންކަން އެބޭފުޅުން ގެންދަނީ ކުރަމުން ކަމަށާއި އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވާން އެދޭކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!