ވިޔަފާރި

އެފްއެސްއެމްގެ ދެ ޝެޑަކުން ފައިސާ ބަލައިގަންނާނީ ކާޑުން އެކަނި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ދެ ޕެޓްރޯލް ޝެޑަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލަން ނިންމައިފިއެވެ.

Ads by Hajj Corporation

އެފްއެސްއެމް އިން މިގޮތަށް ބަދަލު ގެންނަ ދެ ޝެޑަކީ ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑާއި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޝެޑެވެ. އެ ކުންފުނިން ބުނީ ސްޓެލްކޯ ސަރަހައްދުގައި ހުންނަ "އީޒީފިލް 1" އާއި ހުޅުމާލޭގައި ހުންނަ "އީޒީފިލް 3" އިން ކޭޝް ކާޑުގެ އިތުރުން ނަގުދު ފައިސާއިން ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

އެފްއެސްއެމް އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށެވެ. އެ ކުންފުނިން ވަނީ ކޮވިޑް-19 އަަށް ފަހު ހުރިހާ ޝެޑުތަކަކުން ވެސް ބީއެމްއެލް ކޭޝް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާފަ އެވެ.

އެފްއެސްއެމްގެ ޕެޓްރޯލު ޝެޑުތަކަށް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސީ މެއި މަހުގެ ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!