ޚަބަރު ސިޔާސީ

ނަޝީދުގެ "ފިކުރެއްގެ ދިރުން" ޑީއާރުޕީ ބައިކޮށް ހެދި "ޕީޕީއެމް" އާއި ތަފާތެއް ނެތް: ޝަރީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރި މީހުންނާއިއެކު އުފައްދަވަން މަސައްކަތް ކުރާ "ފިކުރެއްގެ ދިރުން" ގޮފި، ކުރީގެ ރައީސް މައުމޫނު ޑީއާރުޕީގައި އުޅުއްވި ދުވަސްވަރު ޑީއާރުޕީ ބައިބައިވެ އުފެއްދި "ޕީޕީއެމް" އާ އެއްވެސް ތަފާތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީން ވަކިވެ ވަޑައިނުގަންނަވާނެކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އުފައްދަވަން މަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ގޮފިތަކަށް އަންނަ ޖުލައި މަހުގެ ކުރިން 50،000 މީހުން ހަމަކުރަން ޖެހޭކަމަށް އިއްޔެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ފާޑުވިދާޅުވެ ޝަރީފް ވަނީ ޑީއާރުޕީ ރޫޅާލައި ދެޕާޓީއަށް ހެއްދެވިގޮތް ކިޔައިދެއްވާފައެވެ.

"ޑީއާރުޕީ ރޫޅާލުމަށްޓަކައި މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އެޕާޓީ ތެރެއިން ޒެޑް ޑީއާރުޕީ ކިޔާ ވަކި ގޮތްޕެއް އުފެއްދެވި. އެއީ ޑީއާރުޕީ ބައިބައިކޮށް ޕީޕީއެމް އުފެއްދުމައް ކޮށްޓެވި މަގެވެ. ކުޑަ ދުވަސްކޮޅެއްފަހުން ޒެޑް ޑީއާރުޕީ މުޅިން އާ ޕީޕީއެމް އަށް ބަދަލުވީއެވެ. މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން މިއަކާ ތަފާތެއް ނެތެވެ"

'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހައި ރަށެއްގައި ވެސް އަލުން ހެދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުމާ ދޭތެރޭ އަލުން ވިސްނަވައިލެއްވުމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއީލް ރައީސް ނަޝީދު ކިބައިން ވަނީ އެދިވަޑައިގަންނަވައިފައެވެ.

Ads by Ooredoo
  1. މެމްބަރ ސަރީ

    ބަލަކަލޭގެ ޑީއާރުޕީންތިއޮތީއެމްޑީޕީގެއަސްލުކަޑުވާލާފަ ހައިޖެކުކޮއްފަނޫންތޯ