އިކްރާމްގެ ސުވާލެއް: "ފިކުރެއްގެ ދިރުން" މިއީ ރާއްޖޭގެ ޤާނޫނާ ޤަވާއިދުތަކަށް ފެތޭ ހަރަކާތެއްތޯ؟
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އެތެރޭގައި އުފައްދަވަން މަސައްކަތްކުރައްވާ "ފިކުރެއްގެ ދިރުން" ގޮތްޕަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފެތޭގޮތައް ހިނގޭ ހަރަކާތެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ސުވާލު އުފައްދަވައިފިއެވެ.
އިކްރާމް ވިދާޅުވީ ރައީސް ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ގޮފީގެ ހަމައެކަނި މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ގެއްލުވާލުން ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިލެއްވި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ގެއްލުވާލުމަކީ ހަމައެކަނި މަގުސަދު ކަމުގައި ހަދައިގެން ނިޒާމުން ބޭރުން އުފައްދަވައިފައިވާ ފެކްޝަންގެ ފޯމް. ޕާޓީއެއްތޯ ނޫނީ ޖަމިއްޔާއެއްތޯ؟ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދަށް ފެތޭ ގޮތަށް ހިނގޭ ހަރަކާތެއް ތޯ؟" އެމްޑީޕީ "ފިކުރެއްގެ ދިރުން" ގޮފީގައި ބައިވެރިވާން އެދޭ ފޯމުގެ ފޮޓޯ އަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބޮޑު ތަފާތަކުން ބަލިވެ، ބަލި ޤަބޫލުކުރައްވައި މެމްބަރުންނަށް ފޮނުވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ 'ފިކުރެއްގެ ދިރުން' ނަމުގައި އުފައްދަވާ ގޮފިތައް ކުރިއަށް ގެންދަވާނީ އެޕާޓީން ވަކި ކުރި 39000 މީހުންނާއެކުގައި ކަމަށެވެ.
ރައީސް ނަޝީދުގެ މި މެސެޖަށް ދެއްވި ޖަވާބުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް އެ ގޮތަށް ކަންކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނު މިހާރުވަނީ މި ގޮފި އުފެއްދެވުމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިކަން ފާހަގަކޮށްލެވެއެވެ
ކަލޯއިކްރާމްކަލޯއަތާކައްދޭކަލޯތީއެމްޑީޕީގެކަންކަމާބެހެވޭނއމީހެއްނޫންތީބާގީއެއްމާމޮޅައްސޮފްޓްވެއަރހަދާމީހެކޯ