މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް: ޚުތުބާ

މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައިއަލިއަޅުވާލައިފައިވާ މައުޟޫއުއަކީ“މަސްތުވާތަކެތީގެ ނުރައްކާ" މިއެވެ.
ހުތުބާގައި ބުނެފައިވަނީ މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮވިސްނުމުން އެއްކިބާ ކޮށްލާއެއްޗެއް ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތައް އަންނަކަން ދިރާސާތަކުން ސާބިތުވާ ކަމަށާއި އެފަދަ ދިރާސާތަކުން ދައްކާ ގޮތުގައި ހެރޮއިން އާއި ކޮކޭން ބޭނުން ކުރާ މީހެއްގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން, ސިކުނޑިން ރަނގަޅުނޫން މެސެޖެތަކެއް ދޭނެ ފަށާ ކަމަށެވެ.
"އެހެންކަމުން މަސްތުވާތެކެތި ބޭނުންކުރާ މީހުންގެ ކިބާއިން ގިނަފަހަރަށް އާދަޔާ ހިލާފު އަމަލުތައް ފެނިގެންދޭ. އަދި ބައެއް ފަހަރަށް ކަންބޮޑުވެ ހާސްވެގެން އަމިއްލައަށް ދަންޖެހި މަރުވާ ހިސާބަށްވެސް ހިނގައިދޭ" ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން މީހަކަށް ބައްޔެއް ޖެހިއްޖެނަމަ މަސައްކަތް ކުރާނީ އެބަލިން ފަސޭހަވުމަށް ކަމަށާއި އެއާ ހިލާފައް މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައިވާ މީހާއަށް އެއާ ދުރަށް ނުދެވޭ ކަމަށް ހުތުބާގައި ބުންޏެވެ.