Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ހަސަންފުޅުބޭ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް!

ހަސަންފުޅުބޭ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް!
މިޖެނުއަރީމަހުގެ 31 ވަނަ ދުވަހުންފެށިގެން އއ. މަތިވެރި އިން ގެއްލިގެން ހޯދަމުން އަންނަ  އެރަށު ރިވެލި ހަސަން އަލީ (ހަސަންފުޅުބޭ) ގެ އެއްވެސް ހިލަމެއް ވެފައިނުވި ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް އެބަ ގެންދެއެވެ. ފުލުހުން ބުނީ އޭނާ ހޯދުމަށް ރަށުގެ ފަޅުތެރެ ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައްވަނީ ބަލާފައި ކަމަށެވެ. ހަސަންފުޅުގެ އެއްވެސް ހަބަރެއް މިހާތަނަށް ނުލިބުނު ނަމަވެސް އޭނާ ހޯދުމަށް އަދިވެސް އިތުރަށް ދަނީ މަސައްކަތް ކުރަމުންކަމަށް ވަނީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ހަސަންފުޅުބޭ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާއިރު ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކެއް ވަނީ ބަލައި ރަށުގައި ހުރި ފަޅު ގެތަށް ވަނީ ބަލާފައެވެ. މީގެއިތުރުން ރަށުގެ އެންމެހާ ސަރަހައްދު ވަލުތެރެ އާއި އެކު ވަނީ ބަލާފައި ކަމަށާއި މަތިވެރީ ފިނޮޅާއި މަތިވެރީ ފަޅުތެރެ ވަނީ ފީނައިގެން ބަލާފައިކަމަށް މަތިވެރިން މައުލޫމާތު ދިން އެރަށުގެ ރައްޔިތަކު ބުންޏެވެ. މީގެ އިތުރުން މަތިވެރީ ފަޅުތެރެ ވަނީ ޑްރޯން ބޭނުން ކޮށްގެން ބެލިފައި. ވާއިރު ކަނޑުގެ ސަރަހައްދު ވަނީ ދުރުމިީގެ އެހީގައި ބެލިފައިކަމަށާއި ކައިރީ ރަަށް ރަށް ކައުންސިލް މެދުވެރިކޮށް ބެލިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހަސަންފުޅުބޭ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނާއި ރަށުގެ ކުދިބޮޑު ރައްޔިތުން އޭނާ ހޯދަމުން އަންނަ އިރު އޭނާ ގެއްލުމުގެ ކުރިން އޭނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި މީހުންނާއި ވާހަކަ ދެއްކުން މުޅިން ހުއްޓާލައި ކެއިން ބުއިމާއި ދުރުވެފައިވާކަމަށްވެސް އެރަށުން "ދެން" އާއި ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް