ދީން

އަލީ ރަމީޒްގެ ނަސޭހަތް: ބާކީ އެންމެ ލާރިއެއް ދޭންޖެހޭ ނަމަވެސް އެ ދީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބާކީ އެންމެ ލާރި އެއް ދޭން ޖެހޭ ނަމަވެސް ދިނުމަށް އަލީ ރަމީޒް ނަސޭހަތްތެރި ވެއްޖެއެވެ.

Ads by Sosun Fihaara

އަލީ ރަމީޒް ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވަނީ މިކަމަކީ މާބޮޑު ކަމެއްކަމުގައި ގިނަ ބަޔަކު ނުދެކިފާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެ ލާރި ނުދިނުމަކީ ވިޔަފާރީގައި މަކަރު ހެދުން ކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި އެ އެއްލާރީގެ ސަބަބުން މީހަކު ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށާއި އެކަމާމެދު ވިސްނާލުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

އަދި ހަމައެއާއެކު އޭނާ ވަނީ ވިޔަފާރިވެރިންނަށް އެގޮތަށް ބާކީގެ ގޮތުގައި ދޭން ޖެހޭ ލާރި ދިނުމަށް ނަސޭހަތްތެރި ވެފައެވެ. ނުވަތަ އަގު ޖެހުމުގައި ނުވަތަ އަގު ހެދުމުގައިހޯލް ނަމްބަރަކުން”، އެފަދަ ގޮތަކަށް ބާކީ ދޭން ނުޖެހޭނެ ގޮތަކަށް އަގު ހެދުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ

ބާކީ އެއް ލާރި ދޭންޖެހޭކަން އެނގޭ ވިޔަފާރި ރަސީދެއް ހިއްސާ ކުރަމުން ޢަލީ ރަމީޒު ބުނެފައި ވަނީ އޭނާ ބޭނުންވަނީ 0.01 ލާރި ނޫން ކަމަށާއި ، އެއް ލާރި ނަމަވެސް ނުދޭ ނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.

އަލި ރަމީޒް ފޭސްބުކްގައި ހިއްސާކޮށްފައިވާ ރަޝީދުގެ ފޮޓޯ

ސުވާލަކީ ރާއްޖޭގެ އެއްވެސް ފިހާރައަކުން މި ގޮތަށް ބާކީ ލާރި ދޭ ބާވައެވެ. މާބޮޑު ކަމަކަށް މިކަން ބަޔަކު ނުހެދި ކަމުގައި ވިޔަސް މިއީ އަސްލު ހަގީގަތުގައި ދީނީގޮތުން ބަލާނަމަ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަލީ ރަމީޒް ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވަނީ މިކަމަކީ މާބޮޑު ކަމެއްކަމުގައި ގިނަ ބަޔަކު ނުދެކިފާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެ ލާރި ނުދިނުމަކީ ވިޔަފާރީގައި މަކަރު ހެދުން ކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި އެ އެއްލާރީގެ ސަބަބުން މީހަކު ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށާއި އެކަމާމެދު ވިސްނާލުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

އަދި ހަމައެއާއެކު އޭނާ ވަނީ ވިޔަފާރިވެރިންނަށް އެގޮތަށް ބާކީގެ ގޮތުގައި ދޭން ޖެހޭ ލާރި ދިނުމަށް ނަސޭހަތްތެރި ވެފައެވެ. ނުވަތަ އަގު ޖެހުމުގައި ނުވަތަ އަގު ހެދުމުގައިހޯލް ނަމްބަރަކުން”، އެފަދަ ގޮތަކަށް ބާކީ ދޭން ނުޖެހޭނެ ގޮތަކަށް އަގު ހެދުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ

މިގޮތަށް ދޭން ޖެހޭ އެއްލާރި ނުދީ ފިހާރައިގެ ނުވަތަ އެ ވިޔަފާރި ކުރާތަނެއްގެ ވަތްގަނޑަށް ދިއުމުން އެ ލާރި ހަލާލު ވާނެ ތޯ މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.  އެފަދަ ކުޑަކުޑަ ކަމަކާހެދި ވެސް ނަރަކައިގެ ހޫނު އަލިފާނަށް މީހަކު ވަންނަން ޖެހިދާނެއެވެ.

"﴿8 وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ.  (އައްޒަލްޒަލަ 08)

އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ." ހަނދާން ކޮށްދިނުމުގެ ގޮތުން ޤުރުއާންގެ މި އާޔަތް ޢަލީ ރަމީޒުގެ ޕޯސްޓްގައި ހިމަނާލާފައިވެއެވެ،

Ads by HDC
  1. ނޫސްކިޔާމީހާ

    ވަރަށް އަގުހުރި ނަޞޭހަތެއް ބަޔަކު ގަބޫލު ކުތިޔަސް އަދި ނުކުރިޔަސް

  2. ގައިސް

    ކަންދައްކަން އުޅޭ މީހުންނަކީ ދީނީ މީހުނެއް ނޫން

  3. އިބުރޭ1122

    އެބަހުރި ލާރިންވެސް ބާކީދޭ ފިހާރަ

  4. ކަމަނަ

    އައްޔައަށް ބާކީ 1 ލާރި ދިނުމަށްވުރެ ބޮޑަށް ވިޔަފާރިވެރިން އަގުޖަހާއިރު ބާކީ ލާރި ދޭން ނުޖެހޭގޮތަށް އަގުޖަހަން ބުރަވާގޮތަށް ލިޔެފައިން ވަރަށް ރަނގަޅު ލިޔުމެއްމީ… އައްޔަ ނުބުންޏަސް ޒައްރެއްގެ މިންވަރު ނުބައި އަމަލެއް އަދި ހެޔޮއަމަލެއް ކުރިޔަސް ޤިޔާމަތް ދުވަހު އެމީހެއް އެކަން ދެކެންޖެހޭނެ… އެއީ ހަމަ ޔަޤީންކަމެއް.