ޚަބަރު އިޖުތިމާޢީ

ލަންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އަޅަން ބަޔަކާ ހަވާލު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނ.ލަންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

Ads by MWSC

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި މަޝްރޫއުއަކީ 2021 ވަނަ އަހަަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.

އެ ކުންފުނިން މި މަޝްރޫއު ހިންގުމަށް ހުށަހަޅައިފައިވަނީ ވިހި މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަތްހާސް ހަ ސަތޭކަ ނުވަދިހަ ދެ ރުފިޔާ ތިން ލާރިއެެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 365 ދުވަހެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެގްގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު އަޙްމަދު ރަމީޒެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!