ޚަބަރު ސަރުކާރު

ދިވެހި ދިދަ ދޭ ހިޔަލުގައި ނެތް ތަފާތެއް ސަރުކާރަކަށް ނުގެންގުޅެވޭނެ: ރައީސް ޞާލިޙް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ދިދަ ދޭ ހިޔަލުގައި ނެތް ތަފާތެއް ސަރުކާރަކަށް ނުގެންގުޅެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މި ހިނގާ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް މިއަދު ހުޅުއްވައި ދެއްވައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމުގައި އަމާންކަން ޤާއިމު ކުރެވޭނީ އަޑު އެހުމާއި މަޝްވަރާ ކުރުން ފަދަ ކަންކަން އިސް ކޮށްގެން ކަމަށާއި، ފާއިތުވި ހަތަރު އަހަރަކީ ހަމަޖެހުން އޮތް ހަތަރު އަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ މަނިކުފާނު އެންމެ އިސްކަން ދޭނީ ހަަމަޖެހުން ޤާއިމު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

"ފާއިތުވި ހަތަރު އަހަރަކީ، މީގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ، މި ދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތްތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް."

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވެނީ ތަސައްވުރެއް އޮވެ، ވަޢުދުވެ، ވީވައުދު ފުއްދުމުގެ މައްޗަށް ކަމަށެވެ. އެގޮތުން އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް، އެންމެ ބޮޑު އިސްކަން ސަރުކާރުން ދިން ކަމަށެވެ.

މީގެއިތުރުން ރައީސް ޞާލިޙު ވިދާޅުވީ ސަރުކާރަށް ހައްތަހާވެސް ތިބޭނީ ހަމަހަމަ ދިވެހި ރައްޔިތުން ކަމަށެވެ. އަދާކުރަންޖެހޭ ހައްޤުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ހިދުމަތުގައި، ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ޤަދަރުވެރި ދިވެހި ރައްޔިތެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ދޮންއާދަމްބޭ.

    އަމާންކަންލިބުނީ ނަޒާޙަތްތެރި އިދިކޮޅު ޕާޓީއެއްއޮތީމަ..އަމާންކަންގެއްލުނީ މަނިކުފާނުމެންގެ ޕާޓީ އިދިކޮޅުގަ އޮތީމަ..މިއީޙައްޤުތެދު!