ޚަބަރު ސިޔާސީ

ޕީޕީއެމް ހުރިހާ ޗޮއިސަކީ ރައީސް ޔާމީން: ހީނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ނޫން ޗޮއިސެއް ހޯދުމަށް ޕީޕީއެމް، ޕީއެންސީން ހިމޭން މަޝްވަރާކުރަމުން އަންނަކަމަށް ބުނެ ފެތުރުނު ޚަބަރު ޕީޕީއެމްގެ ސްޕޯކްސްޕާރސް ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ހީނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އިތުރު ޗޮއިސްއެއް ނެތްކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާނީން މިކޯލިޝަން އަކުން އެހެން ޗޮއިސް އަކަށް މަޝްވަރާއެއް ނުކުރޭ އިތުރު ޗޮއިސްއެއް ނެތް. ޕީޕީއެމް ޕީއެންސީގެ ހުރިހާ ޗޮއިސް އަކީ ރައީސް ޔާމީން" ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވީ "ޔާމީން ނޫން ޗޮއިސްއަކަށް ޕީޕީއެމްގެ ލީޑާޝިޕުގެ ތެރޭ ހިމޭން މަޝްވަރާތަކެއް" މިނަމުގައި އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓެއް ޓްވީޓް ކުރައްވަމުންނެވެ.

މިރިޕޯޓުގައި ބުނެފައިވާ ގޮތުން  ރައީސް ޔާމީންގެ ހަގީގީ ސަޕޯޓަރުން އަދިވެސް ތިބީ ރައީސް ޔާމީނަށް ކުރިމަތިލެވޭނެކަމުގެ އުންމީދުގައެވެ. އެ މަނިކުފާނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި އެ މަނިކުފާނު ދެއްވާ ނަމަކަށް ވޯޓު ދޭން ތައްޔާރަށެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ހާލަތެއްގައި ރިޔާސީ ޓިކެޓަށް ފާރަލައި މެމްބަރުންގެ މެދުގައި ޕީޕީއެމް ތެރޭ ކުރާ ހިމޭން މަޝްވަރާއަކީ ސިއްރެއް ނޫނެވެ. އެ އަޑު ޕާޓީގެ ތެރެއިން އިވެއެވެ.

ނަމަވެސް ހީނާ ވަނީ މިއީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށް ވިދާޅުވެފައެވެ.

  1. މުލި

    ކިހާ ރަނގަޅު! އެމީހުންގެ ޗޮއިސް އަކީ ވަގުކަލޭގެ ޖަލުގަ ބާއްވައިގެން ލާރިގަނޑު މި މީހުން ކެއުމޯ!!!

  2. ހަސޯ

    އެންމެ ޗޮއިސްއެއް ގެންގުޅޭބަޔަކަށް ވެރިކަން ނުކުރެވޭނެ. 2018 ގަ އެމްޑީޕީ ވެރިކަމަށް އައީ ދެވަނަ ޗޮއިސް ބޭނުންކޮށްގެން.

  3. ދިވެހި ރައްޔިތުން

    އަޅެ ކޮބާ މެޑަމް ފާތުން، ކަމަނާ ތިހެން ނުއިދެ ޓިކެޓާއި ހަވާލުވެ ކަމަނާ މި އިންތިޚާބުގައި ވާދަކުރަން ގޮވާލަން ނޫނީ ޔާމީނަށްވެސް އަދި ތިޔަ ޕާޓީއަށް ވެސް ވާނެ އެއްވެސް މޮޅެއްނެން