ޚަބަރު ސިޔާސީ

އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ނުދިރުވޭނެ: ރީކޯ މޫސަ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ނުދިރުވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގަ ޕާޓީތަކުގަ ތިބޭ މަދު ބައެއްގެ ސަބަބުން ރަސްކަމުގެ ސަޤާފަތް އާލާވެ ޕާޓީތަށްވެސް އެކަކުގެ ފިކުރަށްވަމުންދާ ކަމަށެވެ.

“ވެރިކަމާހެދި ބޫތުކައިފަ ހުރިމީހަކު އަސްލު އެމްޑީޕީއޭ ބުނީމަ ކުޑަކޮށްވެސް ހައިރާނެއް ނުވޭ. އެމްޑީޕީ ތެރޭގަ އިތުރު ފިކުރެއް ނުދިރުވޭނެ ވަރަށް ޔަޤީން ލާހިކު ކުޅަދާނައެއްނޫން” މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ކިރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ އެތައް އަނިޔާއަކާއި ބުރައެއް އުފުލައި ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި އެމްޑީޕީ ފުރޮޅާލަން އުޅެނީ އެންމެ މީހެއްގެ ފިކުރާއި ގުޅިގެން ކަމަށެވެ.

Ads by HDC
  1. މަސްބޭ

    މޫސަ އެބުނީ ތެދެއް! މަސް ދިރުވިޔަސް ދެން ފިކުރެއް ނުދިރުވޭނެ!

  2. ދިވެހި މުސްކުޅިން

    ނަޝީދު ހުންނަންޖެހޭނީ މަޑުން ދާންދޫ ރައީސް އިބުއާއެކު ނޫނީ ނަޝީދަށް ވެސް ޕާޓީއަށްވެސް ވާނެ މޮޅެއްނެން