ޚަބަރު އިޖުތިމާޢީ

މިސްކިތަށް ދިޔަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 30 ދުވަސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ވަން އޮންލައިން

މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 30 ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެމީހާ ހައްޔަރުކޮށްފައިވަނީ، އެ ކުއްޖާއަށް ޖިންސީ ގުނަވަން ދައްކައިގެން ހުއްޓައި، މިސްކިތައް ދިޔަ އެހެން ކުއްޖަކަށް އެމަންޒަރު ފެނިގެން އެކަން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައުމުންނެވެ.

މިއާއެކު އެސަހަރައްދުގައި ތިބި މީހުންވަނީ އެ ބިދޭސީ މީހާ ހިފަހައްޓައިފައެވެ. އެ މީހާއަކީ އެ މިސްކިތުގައި މަސައްކަތްކުރާ މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!