ތިލަފުށިން ބިން ވިއްކުމާ ދެކޮޅަށް އިދިިކޮޅުން ނުކުންނަނީ

ތިލަފުށިން 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށްދޭން އުޅޭތީ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިހުތިޖާޖަށް ނުކުންނަން ނިންމައިފިއެެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނީ، ޤަވާއިދާއި ޚިލާފަށް ބިދޭސީންނަށް ރާއްޖެއިން ދޫކުރާ ބިންތައް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަން ސަރުކާރެއްގައި އަތުލާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ފެބްރުއަރީ 17 ވާ ހުކުރު ދުވަހު އެ ކޯލިޝަނުން އިހްތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އެ މަޝްރޫއުގެ ދަށުން 57 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ.
އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ނަމަވެސް ބާކީ 10 ޕަސަންޓް ބިން ވިއްކަން ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކަށެވެ. ބޭރު ކުންފުނިތަކަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ 99 އަހަރަށް ކުއްޔަށެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށްވެސް އިއްޔެ ވަނީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. ނަމަވެސް، އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
އެހެންކަންކަމާ،މިވަޤުތު ނޫޅެބަލަ ޕީޕީއެމް،ތިހެންއުޅެގެންކަމަކުނުދާނެ.މިއީ ރައީސްޔާމީން ސަލާމަތްކުރެވޭތޯ ބަލަންވީވަޤުތު.އެމީހުންއެމީހުނަށްދޫކޮށްލާފަ،ހަމައެކަނި މި މުހިއްމު ވާޖިބު އަދާކުރޭ!!އެހެންނޫނީ ވަޤުތު ފާއިތުވެދާނެ…ތިކުރާމަސައްކަތުގަﷲބަރަކާތްލައްވާށި. އާމީން އާމީން.