Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

ދިވެހިންނަށް ހާއްސަ ފުޓްސަލް މުބާރާތެއް މެލޭޝިއާގައި ބާއްވަނީ

ދިވެހިންނަށް ހާއްސަ ފުޓްސަލް މުބާރާތެއް މެލޭޝިއާގައި ބާއްވަނީ

މެލޭޝިޔާގައި ދިރުއުޅެމުންދާ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް، "ދިވެހިންގެ ފޯރި" ގެ ފަރާތުން މިއަހަރުވެސް ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ދިވެހިންގެ ފޯރި އަކީ މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމުގެ ނިޔަތުގައި އެ ގައުމުގައި ހަރަކާތްތެރިވާ ގުރޫޕެކެވެ. އެގޮތުން 2022ގައި ބޭއްވިގެންދިޔަ "ދިވެހިންގެ ފޯރީގެ ފުޓްސެލް މުބާރާތަށް" ލިބުނު ތަރުހީބަށް ބަލައި، މި އާ އަހަރު ފަށަމުން މިގެންދަނީ ދިވެހިންގެ ފޯރީގެ ދެވަނަ މުބާރާތެވެ.  

މިފިހަރު ކުރިއަށްގެންދާ މުބާރާތް ބޭއްވިގެންދާނީ 11 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހު ސަންވޭ ކުއޭ އެކްސްޓްރީމް ޕާރކްގައެވެ. މިހާތަނަށް މި މުބާރާތުގައި ވަނީ 15 ޓީމް ބައިވެރިވެފައެވެ. މީގެ ތެރޭގައި އަންހެން އަދި ފިރިހެން، ދެޖިންސުފުރާއިންވެސް ޓީމް ހިމެނެއެވެ. އަދި ކުޑަކުދިންނަށް ޙާއްސަ މެޗެއެއްވެސް ކުޅެވިގެންދާނެއެވެ. 

Advertisement
Allied — Dhen Online (box)

މުބާރާތުގައި އެކި އުމުރުފުރާގެ މީހުންނަށް ހުޅުވާލައިފައިވާއިރު، ގިނަ ބައިވެރިންނަކީ މެލެޝިއާގައި ދިރިއުޅެމުންގެންދާ ދިވެހިންނެވެ. ގިނަ ޓީމްތަކަކަށް ފުރުސަތު ދިނުމަށްޓަކައި 2 ސޯޝަލް ޕާސް (ކޯއްޗެއް) އަދި 2 ވެޓެރަން މެމްބަރުންނަށްވެސް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ. އަދި އަންހެން ޓީމްތަކަށް އިތުރު ޖާގަތަކެއް ދިނުމަށްޓަކައި ސްޕެޝަލް ކެޓެގަރީގެ ދަށުން 2 ބޭރު ކުޅުންތެރިން ލުމުގެ ފުރުސަތު ޓީމްތަކަށް ހުޅުވާލައިފައިވެއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް، މުބާރާތް ކުރިއަށްދާ ދުވަހުގައި ކެއުން އަދި ދަތުރު ދިވެހިންގެ ފޯރީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. އަދި މުބާރާތް ކުރިއަށްދާ ވަގުތުގައި، ބައިވެރިންނަށް ލިބިގެންދާނެ އެއްވެސް އަނިޔާއަކަށް އެހީވުމަށް، މެލޭޝިއާގައި ރެޒިޑެންސީ އަދާކުރަމުންގެންދާ، ދިވެހިންގެ ޑަކުޓަރުންގެ ޓީމްއެއް ހުންނާނެއެވެ.

ކުރީގެ މުބާރާތާ އެއްގޮތަށް، 2023 ގެ ދިވެހިންގެ ފޯރީގެ ޓޯރނަމަންޓުގައިވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ޓީމްތަކަށް ފައިސާގެ އިނާމް ދެވިގެންދާނެއެވެ. ހަމައެއާއެއްކޮށް، އިވެންޓުގައި ބައިވެރިވެލައްވާ ހުރިހާ ދިވެހިނަށް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.  

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި އާއިލާ އަދި ދަރިވަރުން ދިރިއުޅެމުންގެންދާ ގައުމެކެވެ. ދިވެހިންގެ ފޯރިއަކީ މެލޭޝިއާގައި ދިރުއުޅެމުންގެންދާ ޒުވާނުންތަކެއް އިސްނަގައިގެން ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމަށް ހިންގާ ހަރަކާތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް