މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުވެސް ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:30 އަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާފަންނުގެ މަޖީދީ މަގާއި، އޯކިޑް މަގާއި، ފަރީދީ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.