ރިސޯޓުތަކުގެ ހިއްސާ ބަދަލުކުރާއިރު ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭގޮތަށް ގަވާއިދު ބަދަލުކޮށްފި

ރާއްޖޭގެ ރިސޯޓުތައް ވިއްކާއިރު ނުވަތަ ރިސޯޓުގެ ހިއްސާ ބަދަލުކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ވަނީ، ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާ ނަމަ، އެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ ގޮތަށް އޮތް މާއްދާ އުވާލާފައެވެ.
އަދި ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެެވެ.
މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.