ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮވިޑަށް ފަހު މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވިފައެއް ނެތް: އިސްލާމިކް މިނިސްޓަރ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑަށް ފަހު މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާކަމާއި މިސްކިތްތަކުގައި ނިދާކަން ފާހަގަކުރެވިފައި ނެތްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑްތެރޭގައި ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދާ އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފާހަގަކުރެވިފައިވާކަމަށާއި އޭގެ ފަހުން އެކަން ފާހަގަ ނުވާކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައިގައި ހާއްސަކޮށް ކޮވިޑްތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދާ އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް އޭގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް މަސްތުވާތަކެތި މިސްކިތުގައި ބޭނުންކުރާކަމަށާއި އަދި މިސްކިތުގައި ނިދާކަމަކަށްވެސް ނެތް ފާހަގަކުރެވިފައެއް. އެކަމަކު މަދު މަދުން ނަމަވެސް ދެބުރިއަށް ހެދިފައި ހުންނަ ތަންތަނުގައި މީހުން އެތާ ނިދާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޕޮލިހުންނަށް އަންގައިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިފަހަކަށް އައިސް މިފަދަ މައްސަލައެއް ލިބިފައި ނެތްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!