ޚަބަރު ރައްޔިތުންގެ މަޖިލިސް

ދަޢުލަތުގެ ތެރޭގައި ރޭވިގެން މަސްތުވާތަކެތި އެތެރެ ކުރާކަމަށް ތުހުމަތު ކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި އާންމުކުރުމުގެ މަސައްކަތް ދައުލަތުގެ ތެރޭގައި ރޭވިގެން ކުރިއަށް ގެންދާކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރު ކުރި މީހަކު އެއްވެސް އަދަބެއް ނުދީ، އަލަށް ހެދި އުސޫލެއްގެ ތެރެއިންކަމަށް ބުނެ ޑީޕޯޓުކޮށްލި މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު މިއަދު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައަށް ތާޢީދު ކުރައްވައި ބަހުސް މަރުހަލާގައި އިންތި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފަޅާ ނާރާ ގޮތަށް އޮމާންކަމާއި އެކީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރެވިއްޖެ ނަމަ އެމީހާ ސަލާމަތްވީ ކަމަށެވެ. އަދި އަލަށް ހެދި އުސޫލުގެ ތެރެއިން ފަޅާ އެރިނަމަވެސް އެމީހަކު ސަލާމަތްވީ ކަމަށެވެ.

އިންތި ވިދާޅުވީ ބިދޭސީން ޑީޕޯޓުކޮށްލުމުގެ އިހުތިޔާރު އިމިގްރޭޝަނަށް ލިބިގެންވާކަމަށް ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް މަސްތުވާތަކެތީގެ މިފަދަ މައްސަލައެއް ފެންމަތިވުމުން އެމީހެއްގެ މައްޗަށް ރާއްޖޭގެ ގާނޫނުގެ ބާރު ހިނގަންޖެހޭނެ ކަމަށެވެ. އަދި އެ ހާލަތުގައި އިމިގްރޭޝަނަށްވެސް އެމީހާ އަދަބެއް ނުދީ ޑީޕޯޓުކޮށްލުމުގެ އިހުތިޔާރު ލިބިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ނޫސްތަކުގެ ހެޑްލައިނަށް ބައްލަވާލާ. ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވެ އަތުލައިގަނެވިއްޖެއްޔާ އެމައްސަލައެއްގަ ދުވަހަކުވެސް ނެތް ރަނގަޅަށް ތަހުގީގެއް ހިންގިފައެއް" އިންތި ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މިފަދައިން ކަންކަން ހިނގާތީ މަސްތުވާތަކެތި އެތެރެކޮށް އާންމު ކުރުމަކީ ދަޢުލަތުގެ ތެރޭގައި ރޭވިގެން ހިންގާ ކަމެއްކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން އިންތި ވަނީ މިމައްސަލައަށްވުރެއް ބޮޑަށް ކަންބޮޑުވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މިކަން މަޖިލީހަށް ބަލައިނުގަންނަން ތްރީ ލައިން ރެޑް ވިޕެއް ނެރުމުން ކަމަށެވެ.

މިކަމުން ދޭހަކޮށްދެނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހަށް މަތިކޮށްފައި އޮންނަ ވާޖިބު ނައްތައިލުމަށް މަސައްކަތް ކުރާކަން ކަމުގައި އިންތި ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއިއެކު އަތުލައިގަތް މީހާ ޑީޕޯޓުކޮށްލި މައްސަލައިގައި ކުއްލި މައްސަލަ ހުށަހެޅީ އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުންނެވެ.

މި މައްސަލައަށް ތާއީދު ނުކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީން އަދި އިދިކޮޅު ޕީޕީއެމްއިން ތާއީދު ކުރުމުން މައްސަލަ މަޖިލީހަށް ބަލައިގަނެ ވަނީ ބަހުސް ކުރައްވައިފައެވެ.

Ads by Allied Insurance
  1. ދަސީލާ

    ރައީސް މީހާ އާއި ނައިބް ރައީސް މީހާ އެދެމީހުން އަމިއްލަ އަށޭ ވިދާޅުވެ ނަގަނީ ތިމަންމެން ނަށް ކަމެއް ރައްޔިތުންނަށް ކޮށްދެވިއްޖެއޭ އެކަމަކު ރައްޔިތުން ބުނަނީ ނޫނެކޭއޭ ބަލަގަ އާރުޓީއެލް ފެރީ ގާއިމް ކުރިއިރު އެންމެ ގިނަ މީހުން ދަތުރު ކުރާ މާލެ އާއި ހުޅުލެ އާއި ތިލަފުއްޓާއި އަދި ވިލިގިިލި އާއި ގުޅިފަޅަށް އާރުޓީއެލް ފެރީ ބޭއްވިނަމަ ފައިދާ ވެސް ވީނޫންތޭ ބަދަލުގައި ކުދި އާބާދީ ހުންނަ ތަންތަނުގައި ބާއްވައިގެން ވާ ފައިދާ އެއް ނެތޭ މީ ޚިދްމަތްތޭ މީ ގަނަތެޅެނީދޯ ތަމެން ދެން ސީލަބަލަ ދެފައި ދަނޑިއަށް ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ ދަސީލާ

  2. ކޮބައިތޭ

    ނައިބް ރައީސް ފައިސަލް އަޅެ ބުނެދީފާނަންތޭ ރައީސް މީހާ ހަވާލު ކޮށްގެން ރައްޔިތުންނަށް ދަތިވެފައިވާ ކޮން ކަމެއްތޭ މިސަރުކާރުން ހަައްލު ކުރީ އިޖްތިމާއީ ކަންކަމާއި ފައިސަލް ހަވާލުވެ ހުރެ ހިލޭ ކެއުމާއި ބޮޑު ގެދޮރެއްގައި އެއްވެސް ކުއްޔެއް ނުދައްކާ ހުރުމާއި ސަރުކާރުގެ ވަސީލަތް ތައް ހިލޭ ބޭނުން ކުރުމާއި އަދި ބޮޑު މުސާރަ ދަމައިގަތުން ފަދަ ކަންކަންކުރިއިރު އެއާއި %1 ގާތް ކުރާ ވަރަށް ވެސް ނެތޭ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޭން މަސައްކަތް ކޮށްފައި ނެތޭ ދެން ނައިބް ރައީސް ހުރުމުގެ ބޭނުމަކީ ކޮބައިތޭ…

  3. ބަލާތި

    ރައްޔިތުންނަށް ހުރި ޗޮއިސް އަކީ ގާސިމް އިބްރާހިމް ރައީސް ކަމަށް ދެން ނައިބް ރައީސް ކަމަށް ސަންސިޔާމް ދެން ފިނޭންސް މިނިސްޓަރު ކަމަށް ކެނެރީގެ ނަޝީދު ދެން ފޮރިންގް މިނިސްޓަރު ކަމަށް ޔާމީން ދެން ހޯމް މިނިސްޓަރު ކަމަށް އުމަރު ނަސީރު ދެން އޭޖީގެ މަގާމަށް ޑރ. ހަސަން ދެން ޖަސްޓިސް މިނިސްޓަރު ކަމަށް ޑރ. ޖަމީލު ދެން އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. އުގައިލު ދެން ހައުސިންގް މިނިސްޓަރު ކަމަށް އިލްޔާސް އިބްރާހިމް މިފަދަ އެކަތަ ކެބިނެޓެއް ބޭނުންވަނީ މީ ޗޮއިސް އަކީ މިހާރު އޮތް ސަރުކާރަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ ޗޮއިސް އެއް ނޫނޭ

  4. ބޭރުކުރޭ

    ރާައްޖޭގެ ހަލާކަކީ އެއީ މާލެތެރޭގައި އުޅޭ ބަނޑުއަކިރިން ރާއްޖޭގެ ވަޒީރު ކަމާއި ހަވާލުވުމުންނޭ ވަޒީރުންގެ މަޖްލީހުގައި ހިމެނޭނެއޭ ނައިބް ރައީސާއި ރައީސް ކަމުގެ މަގާމް ވެސް ރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް ލާންވީ ހިސާބު އިލްމް ދަންނަ އަދި ކުރިއަށް ދިރާސާ ކުރަން އިނގޭ އެެހެން މީހުންނަށް ބަރޯސާ ނުވެ އަމިއްލަ އަށް ދައުލަތަށް ވަންނަ އާމްދަނީ ރައްޔިތުން ފެލާނުލާ ހޯދާ ފިނޭންސް މިނިސްޓަރެކޭ އެކަން ކުރަން އިނގޭނީ ކެނެރީގެ ނަޝީދަށް އެކަނިއޭ އޭނާ އަށް ވާނެއޭ އެކަން އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ ބިންތައް ވިއްކާ އަދި ކުއްޔަށް ދެމުންދާންވީއޭ މަހަކު 20 ބިލިއަން ރުފިޔާ އަދި މަހަކު 1 ބިލިއަން ޑޮލަރު ސަރުކާރަށް ވަންނަން ދެން މިގޮތަށް މިކަން ކުރަން އިނގޭނެއޭ ފިނޭންސް މިނިސްޓަރަކަށް ކެނެރީގެ ނަޝީދު އަދި ރައީސް ކަމަށް ގާސިމް އިބްރާހިމް އަތުވެއްޖެނަމަ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމް ގައި ކެނެރީގެ ނަޝީދު އަދި ރައީސް ކަމުގައި ގާސިމް އިބްރާހިމް 10 އަހަރު ވަންދެން ތިބެއްޖެނަމަ ޑޮލަރުގެ އަގު 10 ރުފިޔާ އަށް ތިރިވާނެ ކަން އެއީ މަމެންނަށް ޔަގީން ކަށަވަރު ކަމެކޭ މިހާރު ހުރި ގައްދޫ ފިނޭންސް މިނިސްޓަރު އަމީރު އެއީ ބޮޑު ކަނޑުކޮހެކޭ އެއީ ބޮޑުވަގެކޭ އެއީ ގަމާރެކޭ އެއީ ބީތާއެކޭ އެއީ ބަނޑުއަކިރިންނޭ އެމެން ބޭރުކުރޭ ސަރުކާރުގެ ތެރޭން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

  5. އަންނަނީ

    މިސަރުކާރުން ހުޅުމާލޭން ގޯތިދޭން ބިން ސާފުކުރި މިހާރު ނިންމީ އެންމެ ގޯއްޗެއް ވެސް ނުދޭންއޭ މިސަރުކާރަކީ އެއީ އަންނަނީ ސަރުކާރު ގިރާވަރުން ގޯތި ދޭން ވެގެން ގިރާވަރު ފަޅު ހިއްކާ ގޯތި ދޭން ގިރާވަރު ކަނޑުން ދެޔޯ އެއް އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ

    • ކަލޭ

      ޚަލޭ އެކަނިތަ ކޮމެންޓްކުރަން ޖެހެނީ އެކި ނަންނަމުގަ ތިލިޔަނީ…އެއް ނަމެއް ޖަހަން ލަދުގަންނަނީތޯ ބޯގަމާރާ..