ޖޭޕީގެ ލީޑަރުގެ މަގާމު އުވާލަން ފާހެއް ނުވި
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމަށް ރައީސަކު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.
ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމަށް އަސާސީ ގަވައިދު އިސްލާހުކުރަން ފާސް ނުވި ކަމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް މިކަމާ ގުޅޭ ތަފްސީލްތައް ޖޭޕީން އަދި ހާމައެއް ނުކުރެއެވެ.
ޖޭޕީގެ ކޮންގްރެސް ކުރިއަށްގެންދާނި މި މަހުގެ 24 އިން 25 އަށެވެ. ކޮންގްރެސްގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.