ޚަބަރު ސިޔާސީ

އަދާލަތު ޕާޓީގެ އިހްލާސްތެރިކަމާމެދުގައި ރާއީ ސުވާލު އުފައްދަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމާމެދުގައި ގޮތެއް ނިންމަން އަދި މާ އަވަސް ކަަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ(އޭޕީ)އިން ބުނުމުން، އެމްޑީޕީއަށް ނިސްބަތްވާ، މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތުން އެހެން ބުނަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އޭޕީގެ ތަރުޖަމާނު އަލީ ނަޒީރު ސަން އޮންލައިންއަށް ވިދާޅުވެފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެ ޕާޓީން ރައީސް ޞާލިޙަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން ނިންމަން އަދި މާ އަވަސް ކަމަށެވެ. ޕާޓީއެއް ނުވަތަ ވަކި ލީޑަރަކާއެކު މަސައްކަތްކުރަން ނިންމާއިރު ބަލާނީ އޭގެ ސަބަބުން އަދާލަތަށް ލިބޭނެ ފައިދާއާއި ކުރިއެރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭޕީއަށް ރައްދު ދެއްވައި، ރާއީ ވިދާޅުވީ އެހެން ބުނަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން، ޚާއްސަކޮށް އޭޕީގެ ވެރިން ލަދުވެތިވާން ޖެހޭނެ ކަމަށެވެ.

"އިތުރު ޗޮއިސް ތަކެއްގެ ވާހަކައެއް މާމޮޅު ވާނެކަމަށް ދައްކާ ހުއްޖަތު ދެއްކުމެއް އޮވެގެންނުވާނެ." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިތުރު ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ފެންނަންދެން ގޮތް ނިންމަން މަޑުކޮށް، ދިޔުޅި ދަންމަން އުޅުމަކީ އިހްލާސްތެރިކަމާމެދުގައި ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ކަަމަށް ބެލެވެއެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންއަށް ޖަލު ޙުކުމެއް އިއްވައިފައިވާއިރު، އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު ވަނީ ބަންދުވެފައެވެ.

ރާއީ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ޞާލިޙު ކަމަށެވެ.

 

 

Ads by Ooredoo
  1. ސިކުން

    އެއްފަހަރު އެމްޑީޕީއާެކު ކޯލިސަން ހަދައިފި ނަމަ ދެން ރާއީ ތިބުނަނީ ކޯލިސަން އުމުރުދުވަހުވެސް ހަދައިގެން ތިބެން މަޖުބޫރުވާނެކަމަށްތަ، ކަމެއް ކުރެވޭނަމަތާ އަބަދު ތިބެވޭނީވެސް ބޮޑައިބަސްތައްބުނުމާ ގައުމުގެ ޚަޒާނާ ލޫޓުވުންނޫންކަމެއް މި5 އަހަރު ކުރެވިއްޖެަތަ، އަރާކޮންމެ ރަށެއްގާ ރައިއްޔަތުންގެ ބޯކެވުންނޫންކަމެއް ވެއްޖެތަ، އެހެންމީހުން ކޮށްފަ ހުންނަ ތަރައްގީގާ ވާޖަހައިގެން ދަމާ ރެބަންކަޑަމުން ދުވުނަކަށް ތިމާމެނަށް މާމޮޅުކަމެއް ކުރެވުންކަމަކަށް ނުވާނެ، ކުދިކުދި ހަޓުތައް ހެދިއަސް މިހާރަކު ދެން ރައިއްޔަތުން ތަރައްގީކަމަކަށް ގަބޫލެއއ ނުކުރާނެ،
    ރޔާމީން ގައުމަށް ކޮށްދެއް އަގުވަޒަން ނުކުރެވޭފަދަ ބިއަ ބޮޑެތި އުސް އިމާރާތަތަކާ އެއާޕޯޓުތަކާ ބުރިޖު ފަދަ ތަންތަން ފެނުމުން ރައިއްޔަތުން ނަށް ޔަގީވެއްޖެ ގަބޫލުވެސް ކޮށްފި ރޔާމީން ނޫނީ ތަރައްގީ ދަންނަ ތަރައްގީ ކުރެވޭނެ ގައުމަށް ވަފާތެރި ޚިދުމަެއްތެރިއެއް ދެން ނުލިބޭނެކަން،
    ރައްރަށުގާ ދެފައދެގޯޅިވަރުގެ ބަނދަރު ތަކެއް ހެދުމަކުން އަދި ނުފުދޭނެ ރަިއްޔަތުން ބަލައެއްވެސް ނުގަންނާނެ.