ވިޔަފާރި

ކުކުޅު ފިހާރަ: 12 ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"ގެ އީމޯލް އިން ތިން މަސް ދުވަހަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ބާރަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

Ads by Sosun Fihaara

އެގޮތުން "ކުކުޅު ފިހާރައިގެ" މިޚާއްސަ ޕްްރޮމޯޝަންގެ 12 ވަަނަ ނަސީބުވެރިޔާއަކީ "ޝުރޫ ޝިއުތު ޝިޔާޒް" އެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ފަށާފައިވާ މިޚާއްސަ ޕްރޮމޯޝަންގައި މިހާރު ޖުމްލަ އެގާރަ ހަފުތާ ނިމިފައިވެއެވެ. މިޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހެނީ، އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރާށެވެ.

ކުކުޅު ފިހާރައަށް އާންމުންގެ މަގުބޫލުކަން ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ބަދަލުކުރަން ނިންމާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ. އެ އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބެން ހުރެއެވެ.

ކުކުޅު ފިހާރައަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭނެ ޝޮޕިން މޯލްކަމަށްވާ އިރު މީގެ ކުރިން އީ-ޝޮޕް މެދުވެރިކޮށް ވިއްކަމުން އައީ ކުކުޅުގެ ބާވަތްތައް އެކަންޏެވެ. ނަމަވެސް މިހާރު އީ-މޯލް މެދުވެރިކޮށް ކާބޯތަކެތީގެ އިތުރުން ރީތިވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ އޯޑަރެއް ލިބެމުންދާ އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނަން ހުރެއެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން ދަނީ ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް ފޯރު ކޮށްދެމުންނެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރު ވެއްޖެއެވެ.

ދާދިފަހުން ކުކުޅު ފިހާރައިން ވަނީ ކަރީކަޓް ވެސް ތައާރަފް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!