ދުނިޔެ

ކޮވިޑް-19: 24 ގަޑިއިރުގެ ތެރޭގައި އިތުރު 14 ކޭސް ފެނި ނިއުޒިލޭންޑު ބިރުވެރިކަމަކަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނިއުޒީލެންޑުގައި ކޮވިޑް19 ގެ ކޭސް އެއް ފެނުމެއްނެތި 104 ދުވަސް ވެފައިވަނިކޮށް އެގައުމުން މިވަނީ އަލުން އެގައުމުން އަނެއްކާވެސް ކޮވިޑް19 ފެނިފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ ފައްސިވެފައިވަނީ އެއްވެސް ތާކަށް ދަތުރު ކޮށްފައި ނުވާ އޮކްލޭންޑުގެ އާއިލާއެކެވެ.

Ads by WAMCO

އެގައުމުގައި ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ވަނީ 14 މީހަކު ބައްޔަށް ފައްސިވެފައެވެ. އެއާއެކު ކޮވިޑް19 ގެ ދެވަނަ ރާޅެއް އަރާ، ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އިއްޔެ ފައްސިވި 14 މީހުންގެ ތެރޭގައި ހިމެނެނީ އޮކްލޭންޑު އާއިލާ އާ ބައްދަލުވެފައިވާ މީހުންނެވެ. މި ކްލަސްޓާ އާ ގުޅުން ހުރި އިތުރު ކޭސްތައް އަދި ފެނުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 14 މީހުންގެ ތެރެއިން ދެން ހުރި މީހާ އަކީ ގައުމުން ބޭރުން އައިސް ކަރަންޓީނުގައި ހުރި މީހެކެވެ.

އާ ކޭސްތަކާއެކު، ނިއުޒިލޭންޑުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 36 އަށް އަރާފައެވެ.

ބުދަ ދުވަހު ކޮވިޑް19 ގެ ކޭސްތައް ފެނުމާއެކު، ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑަން ވަނީ ގައުމު އަލުން ލޮކްޑައުން އަކަށް ދިއުމަށް ބާރު އަޅާފައެވެ.

ނިއުޒީލެންޑުން އިތުރު ކޭސްތަކެއް ފެނިފައި މިވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށް އެކަން ހަރުކަށިކޮށް ބަލަމުން ދިޔުމުގެ ސަބަބުން، ވޭތުވެ ދިޔަ 3 މަހަށްވުރެ ވެސް ގިނަ ދުވަސް ވަންދެން އެއްވެސް މީހަކު ކޮވިޑަށް ފައްސި ނުވެ ހުރެ އޮތުމަށް ފަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!