ޚަބަރު ސަރުކާރު

ލޯނު އަނބުރާ ދެއްކުމަކީ މޯރަލް ރެސްޕޮންސިބިލިޓީއެއް: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމަކީ މޯރަލް ރެސްޕޮންސިބިލިޓީއެއް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސުޓޫޑެންޓް ލޯނު ދެއްކުމާއި ބެހޭ ގޮތުން ނޫހެއްގައި ލިޔެފައިވާ ހަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ސަރުކާރުން ލޯނު ދިނީމާ، ކިޔަވާ ނިންމުމަށްފަހު، ލޯނު އަނބުރާ ދައްކަންވާނެ! އޭރުން މުސްތަޤުބަލުގަ އެހެން ފަރާތްތަކަށް ލޯނު ދެވޭނީ! ލޯނު އަނބުރާ ދެއްކުމަކީ މޯރަލް ރެސްޕޮންސިބިލިޓީއެއް!" މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޫޑެންޓް ލޯން ނުދައްކާ ދަރިވަރުންނާއި މެދު ޢަމަލު ކުރާނެ ގޮތާއި ގުޅިގެން ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ލޯނު ނުދައްކައިގެން ކޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި ކޯޓަށްވެސް ދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޯނު ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔައީމާ ކޯޓަށްވެސް ދާނެކަމަށެވެ. އަދި ދަރިވަރުންނަށް ލޯނު ދެނީ ސަރުކާރުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޭދައެއް ކޮށްގެންކަމަށާއި ރާއްޖޭގައި ހިންގަން ޖެހޭ ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!