ޚަބަރު ސިޔާސީ

ސަމަދުބެއާ ދޭތެރޭ ގެންގުޅުއްވި ބަސްމަގަށް މާރިޔާ ޖަވާބުދާރީ ކުރުވާނަން: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކައަކާ ގުޅިގެން  އެ ކަމަނާ ޖަވާބުދާރީ ކުރުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިކަން ހާމަކުރައްވައި، ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ދަރި އަކާ ދޭތެރޭ ޚާއްޞަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވައި، ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ސަމަދުބެއާދޭތެރޭ ދިފާއީ ވަޒީރު މާރިޔާ ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސް މަގަށް ޖަވާބުދާރީ ކުރުވުމަށް، މާރިޔާ މަޖިލީހަށް ހާޒިރު ކުރައްވާނެ ކަމަށެވެ. ޝިޔާމްގެ ޓްވީޓުގައި މާރިޔާ ޓެގް ކުރައްވައިފައިވާއިރު، އެ ކަމަނާ ސަމަދުބެއަށް މަލާމާތް ކުރައްވައި ދެއްކެވި ވާހަކައިގެ މަންޒަރު ފެންނަ ކުރު ވީޑިއޯއެއްވެސް ހިއްސާ ކުރެއްވިއެވެ.

ރަައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އަވަށްޓެރި ގައުމެއްގެ އަސްކަރިއްޔާ އަށް ގޮންޖެހުމަށް ފަހު އިންޑިއާ އަށް ދިޔަ ސަމަދަކީ "އިންޑިއާ އައުޓް" ހަރަކާތުގެ ކުރީސަފުގައި ޖަޑިބަކަށް ހުރި މީހެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ސަމަދު ހުރީ ފިނި ކޮޓަރިއެއްގައި ކަމަށާއި އެކަމަކު ރާއްޖެ އައި ގޮތަށް ރޮއެ ގަތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައި މާރިޔާ އިތުރަށް ވިދާޅުވީ، ދިވެހި ސިފައިން މިއަދު ތަމްރީނު ކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން، މީސްމީޑިއާގައި، މާރިޔާއަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

 

Ads by Allied Insurance
  1. ހަންބެ

    ސަމަދުބެ ކަލޭ އަދުރޭ ، ސައީދު އާދަންބެ އަދި ޓޮމް ވަރަށް ބަސްމަގު ރީތި އެހެންކަމުން ދޭދޭ ގައުމުތަކުން ކަލޭމެން ތި ފޮނުވާލަން ޖެހެނީ

  2. ކަލޯ

    މަލާމާތް ލިބޭގޮތަށް އުޅުނީމަ މަލާމާތް ލިބޭނެ. “އިންޑިއާ އައުޓް” ކިޔާފަ އެމީހުންގެ ގާތަށް ސަލާންޖަހަން ދިއުމުން ވާނެގޮތްވެފައެއޮތީ. ދެން ދަށު ދަރަޖަައޭ އަމައޭ ޔާންޓޭގެ ވަގުކަމޭ ކިޔަކަސް ކުރާނެކަމެއްނެތް.