ޚަބަރު ރައްޔިތުންގެ މަޖިލިސް

ތާރު އެޅުމަށްފަހު، އެ ކަނޑައި ނެގުމަކީ އެކަން ކުރާ ގޮތް ކަމަށް އަސްލަމް ވިދާޅުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގެ ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމަށްފަހު އެކިއެކި ކަންކަމުގައި ތާރުގަނޑު ކަނޑާ ނަގަން ޖެހެނީ ރާއްޖެއަކީ ތަރައްޤީ ވަމުން އަންނަ ޤައުމަކަށްވާތީ ކަމަށާއި އެއީ އެމަސައްކަތް ކުރާގޮތް ކަމަށް މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، ރާއްޖޭގެ ރަށްތަކުގައި ތާރުއަޅައިގެން ހެދުމަށްފަހު ދުވަސްކޮޅެއްވުމުން، ތާރުގަނޑު ކަނޑައިގެން އެ ނަގައިގެން މަސައްކަތް ކުރަން ޖެހެނީ ކޮންގޮތަކަށް ޕްލޭން ކުރެވިފައިވާތީތޯ އާއި ދެމެހެއްޓެނިވިގޮތަކަށް ޕްލޭންކޮށްގެން މަގުތައް ހެދުމުގެ ވިސްނުމެއް އެއްވެސް ގޮތަކަށް އެބަ ހުރިތޯ ކުރެއްވި ސުވާލު ޖަވާބު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރިން ހެދިފައި ހުރި މާލެގެ މަގުތަކުގައި ޑީވޯޓާ ކުރުމުގައި އެ ވިދާޅުވާ މައްސަލަތައް އެބަހުރި ކަމަށެވެ.

"ދެން އަމީނީމަގުގައި ހަމަގައިމުވެސް ޑީވޯޓަރިން ނިޒާމެއް ޤާއިމުކޮށްފައި އެވަނީ މަގުތައް ނުކޮންނަ ހިސާބަށް ނުދާތަން އަޅުގަނޑަށްވެސް އެބަ ފާހަގަވޭ. އެބަ ޖެހޭކޮންމެސް ކަމެއް ކޮށްލަން މަގުތައް ކަނޑާ ނަގާން އެބަޖެހޭ އެހެންވަނީ އަޅުގަނޑުމެންގެ ހުރިހާ ނިޒާމެއް ގާއިމުކޮށްފައިނެތީމަ ހުރިހާ ނިޒާމެއް ޤާއިމްވެފައި އޮތްނަމަ އަޅުގަނޑުމެންވާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑިވެލޮޕްޑް ކަންޓްރީއަކަށް" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގައި މިފަދަ މަސައްކަތް ހިނގަމުން ދާއިރު ދިމާވަނީ ތަރައްޤީ ވަމުން އަންނަ ޤައުމެއްގައި މަސައްކަތް ހިނގަމުން ދާއިރުގައި ދިމާވާ ޒާތުގެ މައްސަލަތައްކަމަށެވެ.

މިއާއެކު ރިޔާސަތުން އަދިވެސް ވަނީ މެމްބަރު އާމިރުގެ ސުވާލު މިނިސްޓަރަށް ސާފުކޮށްދެއްވައި، ތާރުއަޅުއްވާފައި އަނެއްކާ ތާރު ނެގުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއްކަމަށާއި ތަރައްގީ ނުވާ ގައުމެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ މެދު އާމްދަނީގެ ޤައުމެއް މިޑްލް އިންކަމް ޤައުމެއް އިނގޭތޯ މީކީއެއް ތަރައްޤީ ނުވެ އޮތް ޤައުމެއްގެ ގޮތުގައި މިހާރު ސިފައެއްވެސް ނުކުރެވޭނެ، އިއްޒަތްތެރި މެމްބަރު އެ އެއްސެއްވި ސުވާލަކީ ހަމަ އަޅާފައި އޭގެ އަނެއް ދުވަހު ކީއްވެތޯއޭ ތި ކަފާފައި ނަންގަވަނީ އެވަރަށް ބައްލަވައި ނުލެއްވެނީތޯއޭ؟" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސުވާލަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ އަމީނީ މަގުގައި ތާރު އަޅާއިރު،  ތާރު އަޅާނީ އެމަގުގައި ހުރި ޖަންކްޝަންތަކުގެ މަތީގައި ހުރި ކޮންކްރީޓް ބަޔާއެކުގައި ކަމަށެވެ. އެގޮތުން ތާރު އަޅަމުން ދާއިރު ޖަންކްޝަން މަތީގައި ތުނި އެއްޗެއް އަޅައި ބާއްވާފައި ތާރު އަޅާނީ އޭގެ މަތިން ކަމަށާއި އެއީ އެމަސައްކަތް ކުރާގޮތްކަމަށެވެ.

އަދި ފަހުން ކަނޑާއިރު ކަނޑާނީ އެ ތުނި އެތިކޮޅުކަމަށާއި އެއީ މަގުގައި ތާރު އަޅާގޮތްކަމަށް ވެސް މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!