ޚަބަރު ސިޔާސީ

ފިކުރެއްގެ ދިރުމާ ގުޅެންވީ ސަބަބެއް ނުފެނޭ: ރޮޒައިނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނާ ގުޅެން ސޮއި ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، ރައީސް ނަޝީދުގެ ޓީމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" އުފެއްދުމަށް، ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅުންހުރި ޓްވީޓެއް ހިއްސާ ކުރައްވައި ރޮޒައިނާ ވަނީ އެ ފިކުރަކީ ކޮންކަހަލަ ފިކުރެއްތޯ އައްސަވައިފައެވެ.

"ތީ ކޯޗެއްތޯ؟ ކޮން ފިކުރެއްތޯ؟ ބަލި ވީމަ. ބަލި ޤަބޫލު ނުކުރެވޭ ފިކުރުތޯ؟ އެމްޑީޕީ ގަޑުބަޑު ކުރާ ފިކުރުތޯ؟ އެމްޑީޕީ އޮންނަން ޖެހޭނީ އުމުރަށް ވަކި މީހެއްގެ މުށުތެރޭ ކަމަށް ޤަބޫލުކުރާ ފިކުރުތޯ؟" ރޮޒައިނާ ސުވާލު އުފެއްދެވިއެވެ.

ރައީސް ނަޝީދުގެ ޓީމުން، ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ ޤަބޫލު ނުކުރައްވައި، "ފިކުރެއްގެ ދިރުން" ފެކްޝަނަށް މެމްބަރުން އިތުރު ކުރަމުން އަންނައިރު،

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިގަނެ އަޑުއެހުން، އަންނަ ހަފްތާއަށް ވަނީ ތާވަލު ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވަނީ ފެބުރުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މައްސަލާގައި ބުނެފައި ވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

 

Ads by HDC
  1. މުލާ

    ވަގުން ހިމާޔަތްކުރަންދޯ ރަައީސް ސޯލިހުއަށް ސަނާކިޔާ ވެރިކަން ދިފާއުކުރަން ތިއުޅެނީ.ކައިރީގަ މުޅިންވެސް އެމްއެންޕީއާރުސީ ރުފިޔާނެގި މީހުން.