ޚަބަރު ރައްޔިތުންގެ މަޖިލިސް

އަސަރާއެކު މި ދަންނަވަނީ ދަރިން މަގޫ ފަތްކައި، ކިރަށް ރޯތަން ބަލާކަށް ބޭނުމެއް ނޫން: މަވޯޓާ ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު--

އާއިލާ ބަނޑަށް ޖެހޭތަން ބަލަން ބޭނުން ނޫންކަމަށާއި ދަރިން މަގޫ ފަތް ކައި ކިރަށް ރޯތަން ބަލާކަށް ބޭނުންމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވައިފައިވާ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

"އަޅުގަނޑު މިހެން އަސަރާއެކު މިވާހަކަ ދައްކަނީ އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ އާއިލާ ބަނޑަށް ޖެހޭކަށް. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ދަރިން މަގޫފަތް ކާތަން ދެކޭކަށެއް. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ކާފަ ދަރިން ކިރު ދަޅެއް ގަންނާނެ ފައިސާ ނެތިގެން ކިރަށް ރޯތަން ދެކޭކަށް. އެއިހްސާސް އަޅުގަނޑު ކުރާކަށް ބޭނުމެއްނޫން." ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤައުމު ބަނގުރޫޓު ކުރުމަށް މަޖިލިސް ތެރެއިންވެސް އެކި އެކި ފޯރަމްތައް ބޭނުން ކޮށްގެން މަސައްކަތް ކުރައްވާކަމަށާއި އޭރުވެސް މިހާރުވެސް މިކަމަށް އިންކާރުކުރައްވާކަމަށެވެ. އަދި ފައިސާ ޗާޕް ކުރަން ޖެހިއްޖެއްޔާ ޗާޕުކޮށްގެން ވެސް ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކުރާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޑީފޯލްޓް ނުވާކަމަށާއި ގައުމު ބަނގުރޫޓު ވެއްޖެކަމަށް އިއުލާނު ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރިޔަ ނުދެއްވާނެކަމަށެވެ.

"ދިވެހި ރާއްޖެ ޑީފޯލްޓެއް ނުވޭ. ދިވެހިރާއްޖެ ސްރީލަންކާ ދިޔަމަގުން ގައުމުގައި ތެޔޮ ގަންނާނެ ފައިސާއެއް ކާޑު ގަންނާނެފައިސާއެއް ނެތި ގައުމު ބަނގުރޫޓު ވެއްޖެކަމަށް އިއުލާނު ކުރުމަށް ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކާއި ބައިވެެރިވެގެން އެމްޑީޕީގެ އިދިކޮޅު މެމްބަރުންވެސް މަސައްކަތް ކުރިކަމީ ހިތާމަ ހުރި ކަމެއް. އިއްޒަތްތެރި ރައީސް ހަމަ ހިލާ މި ޤައުމު ބަނގުރޫޓު ވެއްޖެ ކަމަށް އިއުލާނު ކުރިއަކަ އަޅުގަނޑުމެން ނުދޭނަން." ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެއަކީ ކޮވިޑުގެ ހާލަތުން އެންމެ ކުރިން އަރައިގަތް ގައުމު ކަމަށާއި  އިގްތިސާދު މިހާރު މުޅި މިސަރަހައްދުގައި ވެސް އެންމެ ހަލުވި ކޮށް ކުރިއަރަމުން އަންނަ ޤސއުމުކަމަށެވެ.

އަދި ރައްޔިތުންނަށް އޮތީ މުސްތަގުބަލުގައި އުފާ ފާގަތިކަން ކަމަށް ޝަރީފު ވިދާޅުވިއެވެ.

 

Ads by HDC
  1. ޢަހްމަދު

    ރިޒުގު ދެއްވަނީ މަވޯޓާތޯ؟

  2. މާހިރާ

    އާއިލާގެ އެންމެން މަތީމުސާރަލިބޭ މަގާމުތަކުގައި ތިބިއިރު، އާއިލާމީހުން މަގޫފަތް ކާންޖެހޭވަރުވާނެ ކަމަކަށް ނުފެނޭ.