ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު މީހަކު އަތުލައިގަނެފި

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު މީހަކު އަތުލައިގަނެފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލަށް ގެނައި ޤައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ޤައިދީއެއްގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުންކޮށްގެންއެތެރެކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފައިވާ ކަމަށް މުހައްމަދުފުޅު ވިދާޅުވިއެވެ.
ސީޕީ އަހުމަދު ވަނީ އޭނާ ޑްރަގު އެތެރެ ކުރަން މަސައްކަތްކުރިކަން ހާމަކޮށް، ކަރެކްޝަނުން ހެދި ސްކޭންވެސް ހިއްސާކޮށްފައެވެ. އަތުލައިގަތް ޑުރަގު ހުރީ ޖޫސްޕެޓީ އަޅާ ކޮތަޅެއްގައެވެ.