މެދުއިރުމަތި ދުނިޔެ

ހަނގުރާމަފެށުނު ދުވަހަކީ ހަޔާތުގެ އެންމެ ދިގު ދުވަސް، ހަމަނިދި ނުނިދާތާ އަހަރެއް: ޒެލެންސްކީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޔޫކްރޭން އާއި ރަޝިއާ ކުރަމުންދާ ހަނގުރާމައަށް މިއަދަށް އަހަރެއް ވެފައިވާއިރު ޔޫކްރޭންގައި މިދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

Ads by Sosun Fihaara

މިގޮތުން މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވަނީ ގައުމާ މުހާތަބު ކޮށް އަސަރުގަދަ ހިޠާބެއް ދެއްވާފައެވެ. ރައީސް ޒެލެންސްކީ ދެއްވި ހިޠާބުގައި ވިދާޅުވީ ރަޝިއާގެ ހަމަލާގެ ފެށުނު ދުވަހަކީ "ހަޔާތުގެ އެންމެ ދިގު ދުވަސް" ކަމަށެވެ. އަދި އެދުވަހު ނިދާ ހޭލިފަހުން ފާއިތުވީ އެއް އަހަރު ދުވަހު ނުނިދާ ހުންނެވިކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޔޫކްރެއިންގެ ލީޑަރު ވަނީ 2023 ވަނަ އަހަރު ކާމިޔާބު ހޯއްދެވުމަށް ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ކިއެވްގެ ސެއިންޓް ސޯފިއާ ސްކޮޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ސިފައިންނާއި ހަނގުރާމައިގައި މަރުވި އެކަކުގެ މަންމައަށް މެޑަލް ހަވާލުކޮށްދެއްވައިފަ އެވެ. އަދި އެގައުމުގެ ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު އެމަނިކުފާނު ގެންދެވީ ކަރުނަ އަޅުއްވަމުންކަމަށް ބައިނަލް އަގުވާމީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

"އަހަރުމެންނަކީ އެއް ޢާއިލާއަކަށްވެއްޖެ. ޔޫކްރެއިންގެ ރައްޔިތުން ވަނީހަނގުރާމައިން ފިލަން މަޖުބޫރުވި މީހުންނަށް އެމީހުންގެ ގެދޮރާއި ހިތްތައް ހުޅުވާލާފައި، ހިޔާވަހިކަން ދީފަ. ހުރިހާ ނުރައްކަލަކާއި، ބަޑީގެ ހަމަލާތަކާއި، ކްލަސްޓާ ބޮމާއި، ކްރޫޒް މިސައިލްތަކާއި، ކަމީކާޒޭ ޑްރޯންތަކާއި، ބްލެކްއައުޓްތަކާއި، ފިނިކަން ފަދަ ހުރިހާ ނުރައްކަލަކާ ކުރިމަތިލާން ޖެހުނުނަމަވެސް ފަހަތަށް ނުޖެހެން އަދި މިއަހަރު ކާމިޔާބީ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބުގައި ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ރައްޔިތުންނަކީ "ވޭނާއި ހިތާމައާއި އީމާންކަމާއި އެއްބައިވަންތަކަމުގެ އަހަރެއް" ގައި ބަލިނުކުރެވޭ ވަރުގެ ބައެއްކަން ސާބިތުކޮށްދިން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!