Tuesday, 10 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

މެމްބަރު ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

މެމްބަރު ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ތައުޒިއާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި މި ދަފްތަރުގައި ތައުޒިޔާ ފޮނުވުން ކުރިއަށް އޮތް 3 ދުވަހު ކުރިއަށް ދާނެކަމަށާއި މަޖިލިސް މެމްބަރުންގެ އިތުރުން އާއްމުންނަށްވެސް މި ދަފްތަރުގައި ސޮއިކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ތިންވަނަ ދައުރެއް އަދާ ކުރައްވަމުން ގެންދެވި މެމްބަރު ރިޒާއަކީ މަޖިލީހަށް މުހިންމު ގިނަ ހިދުމަތްތަކެއް ކޮށްދެެއްވާފައިވާ ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ރިޒާގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

Advertisement
Allied Insurance — Square (box)

މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޒާ އަވަހާރަވީ މެލޭޝިޔާގައެވެ. އަދި ރާއްޖޭގައިވަނީ އޭނާގެ މައްޗައް ޢައިބަށް ކަށުނަމާދުކޮށްފައެވެ. ރިޒާގެ ޖަނާޒާގައި ބައިވެރިވުމަށް އިދިކޮޅުން ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ވަނީ މެލޭޝިއާއަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.