ޚަބަރު

ރައީސް ނަޝީދުވެސް މެދުވެރިވެގެން ގާސިމް އަޅުގަނޑު އަތުން ނެގި 11 މިލިއަން ރުފިޔާ ހޯއްދަވައިދެއްވާ: ޖާބިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް މެދުވެރިވެގެން ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ނެގި 11 މިލިއަން ރުފިޔާ ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު ކިބައިން ޖާބިރު އެދިލައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދު މިހާރު ގާސިމާއި އެހާ ގާތްކޮށް އުޅުއްވާއިރު އެވާހަކަ ގާސިމް ގާތުގައި ދަންނަވާލަދެއްވުމަށް އެދޭކަމަށެވެ.

"ވަރަށް ގާސިމާއެއްކޮށް ތި އުޅުއްވަނީ އަޅުގަނޑު އަތުން ގާސިމް ނަގާފައިވާ 11 މިލިއަން ރުފިޔާ މަނިކުފާނުވެސް މެދުވެރިވެގެން ރައީސް ވެސް މެދުވެރިކޮށް ނެގި ލާރި ކީއްވެހޭ ނުދީ މިހުރީ އެއީ ރައީސް އާއި މިހާރު ވަރަށް ގާތުގައި އުޅުއްވާތީވެ ތިހާ ކައިރީގައި އުޅޭ އިރު ދަންނަވާލަ ދެއްވޭނެއްނޫންތޯ ގާސިމަށް އަޅުގަނޑު ދަންނަވާ ދަންނަވާ އަޑެއް ނީވުނު" ޖާބިރު ވިދާޅުވިއެވެ.

ސިޔާސީ އިސްފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖާބިރު އަތުން ފައިސާ ހޯދައިފައިވާކަމަށާއި އެފައިސާތައް އަނބުރާ ދީފައިނުވާކަމަށް ޖާބިރު ވަނީ މީގެކުރިންވެސް ތުހުމަތު ކުރައްވާފައެވެ. މިގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެތެރޭގައި އަނބުރާދައްކަވާގޮތަށް ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ނެންގެވި ފައިސާއާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ އެ ފައިސާއަށް ހިޔާނާތްތެރިވެވަވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޖާބިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވަނީ ފުލުހަށް މައްސަލަވެސް ހުށަހަޅުއްވައިފައެވެ.

 

  1. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އަންނި ހޮވަމާ ހިނގާށެ ނަލަކުރަމާ މިވަތަންގެ ކުރިމަގު ހިނގާރުވަން ފެންދީ އާރޯކުރަމާ މިވަތަންގެ ދަރިންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ދިރިއުޅުން މާލެ ސަރަހައްދުން ކޮންމެ ކަތަކަށް ގޯއްޗެއް ދީގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމް ރައީސް ކަމަށް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….