މިއަދު ކޮވިޑަށް ފައްސިވީ 128 މީހުން، އޭގެ ތެރޭގައި 83 ދިވެހިން

މިއަދު އިތުރު 128 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 128 މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި، ބަންގްލަދޭޝްގެ 35 މީހެއްގެ އިތުރުން އިންޑިއާގެ ހަތަރު މީހަކާއި، ނޭޕާލްގެ ދެ މީހެއްގެ އިތުރުން ސްރީލަންކާގެ ހަތަރު މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،494 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2553 މީހުންނަށެވެ. އެގޮތުން 156 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިއަދު ކޮވިޑުން ރަނގަޅުވީ 36 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2920 އެވެ.
މި ބަލީގައި ރާއްޖެއިން ވަނީ 21 މީހަކު މިހާތަނަށް މަރުވެފައެވެ.