ޚަބަރު

މިނިސްޓަރ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވުނު މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ މެދުގައި ޤަވައިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރ ޖަޔަޝަންކަރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖަޔަޝަންކަރު ވަނީ ދެޤައުމުން ވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވާފަ އެވެ.

މިނިސްޓަރ ޝާހިދު މިހާރު ގެންދަވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ

Ads by Allied Insurance
  1. ވަގުންނޭ

    ސަރުކާރުން ކުރާ ކެޕެކްސް މަސައްކަތް ތަކަކީ އެއީ ފައިސާގެ ގޮތުން ދެކޮޅު ޖެހޭ ކަންކަމަށް ހަދަން މިސަރުކާރުން އެއްވެސް މަަސައްކަތެއް ކުރާ ތަން ނުފެނެއޭ ރާއްޖެތެރޭގައި އާރުޓީއެލް ނަމުގައި ބާރަށް ދުއްވާ ލޯންޗް ތަކުގައި ދިގު ދަތުރު ތައް ކުރާއިރު އެ ދަތުރު ތަކުން ދެކޮޅު ނުޖެހެއޭ ދެން އިންޖީނުގެ ތަކުން ގެއްލުމޭ ސޯލަރ ވެސް ޖަހަނީ ނަމެއްގައޭ އެވެސް ކުރާ ބޮޑު ވައްކަމެކޭ އޮޑިޓަރ ޖެނެރަލް އެބަޖެހޭ ބަލަން މިކަން ވެސް އެންމެ ތެޔޮ ލީޓަރެއްވެސް ސަލާމަތް ނުވެއޭ ރާއްޖޭގައި ޖަހާފައިވާ ސޯލަރ ޕެނަލްސް ތަކުން ބެޓްރީ އާއި ނުލައި ކުޅަދާނަ އެއް ނޫނޭ އެންމެ ތެޔޮ ލީޓަރެއް ވެސް ސަލާމަތް ކުރަން ދެން ތިމާވެށި މިނިސްޓްރީ ގައި އޭޑީބީ ނަމުގައި ރާއްޖޭން ބޭރުން ބޮޑެތި ވަގުން ތަކެއް އައިސް ގެން ލޯން ނަގަނަގައިގެން ސޯލަރ ޖަހަމުން ދާއިރު 2000 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ޖެހި އެއްވެސް ސޯލަރ ޕެނަލް އަކުން އެންމެ ތެޔޮ ލީޓަރެއް ވެސް ނެތޭ ސަލާމަތް ވެފައި 2000 ވަނަ އަހަރު ޖެހި ސޯލަރ ޕެނަލްސް ތައް ނުވެސް ނެތޭ މިހާރު ފެންނާން…

  2. ހިނގާދަމާ

    މިސަރުކާރުން ރަށުތެރޭގައި އުޅޭ ވާނުވާ އިން އެއްކޮށްގެން ރައީސް އިބޫ ކޮންމެ ވާހަކަ އެއް ދެއްކި ނަމަވެސް އެމެންނަށް ވާނުވާ ވެސް ނޭގޭނެއޭ ދެން ބްރޯކެން އިންގްލިޝް އިން ކޮންމެ ވެސް އެއްޗެއް އެމެން ބުނާނެއޭ އެއީ އެމެން ހިތުން ވަރަށް މޮޅަށް އެމެންނަށް ކިޔެވިފައި ހުރި ކަން އެހެން މީހުންނަށް ދަައްކަން ވެގެން ހަދާ ހީލަތޭ މިސަރުކާރުން ރައްޔިތުންގެ ފަރުދީ މުއްސަނދި ކަން އިތުރުވާނެ އެއްވެސް ކަމެއް ނެތޭ ކޮށްފައި ހިޔާފްލެޓްސް ތަކުގެ ކުލި ކުޑަ ކުރިނަމަ އެއީ ހެޔޮވެރިކަމަކީ ރައީސް އިބޫ ޖެހޭނީ އިސްތިއުފާ ދޭން ދެވަނަ ދައުރަކަށް އޭނާ ހޮވޭނެ އެއްވެސް ގޮތެއް ނޯންނާނެއޭ ވޯޓް އިން ވައްކަން ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެއޭ އެކަން އެބަފެނެއޭ މިހާރު އެމްޑީއޭ އިން މީހުން ކެނޑެމުން ދާ ބާރުމިނަށް ބަލާފައި މިހާތަނަށް އެމްޑީއޭ އިން 3 ހާސް މީހުން ކެނޑިއްޖެއޭ ދެން އެމްޑީއޭ ހުލިވެފައި އޮތްވާ ފެންނާނީ އެމްޑީއޭ ގައި އުޅޭ ކަނޑުކޮސް އަންހެނަކު ރާއްޖެޓީވީ އަށް އަރާ އޭނާ އަށް އިގްތިސާދުގެ އަލިފުބާ ވެސް ނޭގޭއިރު އޭނާ ފެލުނަސް އޭނާ ދައްކާ ކަނޑުކޮސް ވާހަކަ އަޑުއަހާ އަދި ގަބޫލުކުރާނެ ބަޔަކު ނުތިބޭނެއޭ…