އެންމެ ބޮޑު ގޮންޖެހުމަކީ އައްޑޫ ތަރައްގީ ކުރާނެކަމުގެ އިތުބާރު ބައެއް މީހުން ނުކުރުން: ފައްޔާޒު
އެންމެ ބޮޑު ގޮންޖެހުމަކީ އައްޑޫ ތަރައްގީކުރާނެކަން ބައެއް މީހުން ގަބޫލުނުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތްނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަންޖެހޭ އުމްރާނީ ތަރައްޤީ އައްޑޫއަށް އައިސްފައިނުވާކަމަށެވެ.
ނަމަވެސް މިހާރު އެކަން ދެނެގަނެ ދެކުނުގެ އިޤްތިޞާދީ މައިހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރުމަށް ވަށާޖެހޭ ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އައްޑޫގެ ޓޫރިޒަމަށް ވަރަށް ބޮޑު ޖާގައެއް އެބައޮތްކަމަށާއި ނަމަވެސް އާއްމު އުޞޫލުގެ ދަށުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ވިޔަފާރި ތަރައްޤީކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކިއެކި ގޮންޖެހުން ކުރިމަތިވާ ކަމަށާއި އަރައިގަންނަން އެންމެ އުނދަގޫ ކަމަކީ އައްޑޫގެ ރަައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިތުބާރު ނުލިބޭތީ ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫއުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ފައްޔާޒު ވަނީ އެދިފައެވެ.
ހެއުނުވާނެފައްޒު ދައްޚާވާހަކަ ގަބޫލުކުރަން އެއީ މެމް ޑީޕީއަށް އެނމެބޮޑު ގެއްޅުންދިން ފަރާތް