ޚަބަރު އިޖުތިމާޢީ

އައިޖީއެމްއެޗްގެ ލެބޯޓްރީ ޚިދުމަތް ހުއްޓިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީ ޚިދުމަތް ހުއްޓިއްޖެއެވެ.

Ads by STELCO

އައިޖީއެމް ހޮސްޕިޓަލުން މިއަދު ހެނދުނު ވިދާޅުވީ، އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެހޮސްޕިޓަލުން ވަނީ އެކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާން ކުރާނެ ވާހަކަ ދަންނަވައި މިމުއްދަތުގައި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.

އައިޖީއެމްއެޗަކީ މާލޭގައި ސަރުކާރުން ސިއްހީ ހިދުމަތް ދެމުން އަންނަ މައި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންނެއް ޚިދުމަތް ހޯދަމުން ދެއެވެ.

މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަން ރައްޔިތުން އާދެއެވެ.

މިއަދު ލެބޯޓްރީގެ އެއްވެސް ޚިދުމަތެއް އައިޖީއެމްއެޗުން ނުދިން ނަމަވެސް އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ މީހުންގެ ސާމްޕަލް ނަގައި ހުޅުމާލެ ހޮސްޕިޓަލުގެ ލެބަށް ގެންގޮސް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!