ޚަބަރު ސިޔާސީ

މިހައިތަނަށް އެންމެ ބޮޑަށް އަންހެނުން ބާރުވެރި ކުރުވީ މި ސަރުކާރުން: ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި މިހައިތަނަށް އަންހެނުން އެންމެ ބޮޑަށް ބާރުކުރުވި ސަރުކާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކޮންމެ އަހަރެއްގެވެސް، މާޗު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން، ރައީސް އިބްރާހީމް މުޚައްމަދު ޞާލިޙަށް ތާއީދު ކުރައްވާ މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަންހެނުން ބާރުވެރި ކުރަން އެންމެ ބޮޑު މަސައްކަތްކުރީ މި ސަރުކާރުން ކަމަށާއި، މިއީ ފެންނަން އޮތް ހަޤީޤަތް ކަމަށެވެ.

"ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް ފެންނަން އޮތް ހަގީގަށް މިއީ." މަވޯޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވ އޭޝިއާ އާއި މެދުއިރުމައްޗަށް ބެލިކަމުގައި ވިޔަސް ދެޖިންސްގެ ހަމަހަމަ ކަމަށް ބަލާ އިރު ރާއްޖެ އަކީ އަންހެނުންނަށް އެންމެ ފަހި ޤައުމު ކަމަށެވެ.

އަދި ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެނުންނަށް ވުރެ ވެސް އަންހެނުން ގިނަ ކަމަށާއި،  އިޤްތިޞާދީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުން ކަމަށެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މުޖުތަމަޢުގެ ކުރިއެރުވުމަށް އަންހެނުން އަދާ ކުރަމުން އަންނަނީ ބަދަލު ނުކުރެވޭ ވަރުގެ ދައުރެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!