ޚަބަރު ސަރުކާރު

ރައީސް ޞާލިހު އައިޓީބީ ފެއާއަށް ވަޑަައިގެންފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން އައިޓީބީ ފެއާއަށް ޒިޔާރާތް ކުރައްވަނީ

ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ގެ މިއަހަރުގެ އެޑިޝަންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންފި އެވެ.

ޖަރުމަނު ވިލާތުގައި މިހާރު ކުރިއަށްދާ މި ފެއާއަށް ރައީސް ޞާލިހު ޒިޔާރާތް ކުރައްވާފައިވަނީ އިއްޔެ އެވެ. ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް މިހާރު ހުންނެވީ ޖަރުމަނަށް ވަޑައިގެންނެވެ. ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ފެއާއަށް ރައީސް ވަޑައިގަތުމުން އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް، އެ ސްޓޭންޑްގެ ރަމްޒީ މޮޑޮލްއެއް އަރުވައިފަ އެވެ.

މިއަހަރުގެ ފެއާގައި ރާއްޖޭގެ 91 ކުންފުންޏަކުން 233 މީހުން ބައިވެރިވެ އެވެ.

އައިޓީބީ ފެއާ އަކީ ކޮންމެ އަހަރަކުހެން ރާއްޖެއިން ބައިވެރިވާ ފެއާ އެކެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން 2019 ގެ ފަހުން އެފެއާއަށް ރާއްޖެއިން ގޮސްފައެއް ނުވެ އެވެ. އެހެންކަމުން މިއަހަރުގެ ފެއާގައި ރާއްޖެއިން ބައިވެރިވެފައި މިވަނީ 3 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

ޖަރުމަނުވިލާތަށް ވަޑައިގެން ރައީސް ޞާލިހު އެގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާ އާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ޖަރުމަނަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ވަޑައިގެންނެވީ ގަތަރަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!